ކ. މާލެ
|
14 މާރޗް 2025 | ހުކުރު 11:04
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތީގެ މައްސަލަ
ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
1086 ގްރާމް ކެޓަމިން، 2138 ގްރާމް މެތަމްފެޓަމިން، އަދި 310 ގްރާމް ހެރޮއިން ހުރި
މިތަކެތި އަތުލައިގަނެފައިވަނީ، 2025 މާރިޗު 12 ވަނަ ދުވަހު ކަނޑު މަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރި އިރު

ކަނޑު މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އަތުލެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ގްރާމް ހުރި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، 2025 މާރިޗު 12 ވަނަ ދުވަހު ކަނޑުގެމަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމަށް 2025 މާރިޗު 13 ވަނަ ދުވަހުގެ ފަތިހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައެވެ.

އެ ގޮތުން އަތުލެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ތަހުލީލުކުރިއިރު، 1086 ގްރާމް ކެޓަމިން (Ketamine)، 2138 ގްރާމް މެތަމްފެޓަމިން (Methamphetamine) ، އަދި 310 ގްރާމް ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި މައްސަލާގައި އަތުލެވުނު މަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރައެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.

- ކޮމެންޓް