ކ. މާލެ
|
12 މާރޗް 2025 | ބުދަ 17:08
ރާއީގެ ގާނޫނީ ވަކީލު މުހައްމަދު އަލީމް އިބްރާހިމް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
ރާއީގެ ގާނޫނީ ވަކީލު މުހައްމަދު އަލީމް އިބްރާހިމް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
ރާއީ ފުލުހަށް ހާޒިރުކުރުން
ފުލުހަށް ހާޒިރުކުރީ ބިރު ދެއްކުމަށް: ރާއީ
ތުހުމަތުތަކަށް ރާއީ ވަނީ އިންކާރު ކުރައްވާފައި
މިއީ ވަކި މަގުސަދެއްގައި ސިޔާސީ ގޮތުން ކުރާ ކަމެއް
ޝުއޫރު ފާޅުކުރުމުން މައްސަލައަކަށްވާނަމަ ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގެ ރައްޔިތުން ޖަލަށް ދާން ޖެހިދާނެ

ފުލުހަށް ހާޒިރުކުރީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީއަށް ކޮށްފައިވާ ތުހުމަތަކީ 9 މާރިޗް 2025ގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ،އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތެވެ.

ބުދަ ދުވަހު 1:00ށް ރާއީ ފުލުހަށް ހާޒިރުކޮށްފައިވަނީ ބަޔާން ނެގުމަށްށެވެ. ބުދަ ދުވަހުގެ 3:30 ހާއިރު ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން ރާއްޖެއެމްވީއަށް ރާއީ ވިދާޅުވީ އެތުހުމަތުތަކުން ބަރީއަވާ ކަމަށާއި، ޝުއޫރު ފާޅުކުރުމުން މައްސަލައަކަށް ވާނަމަ ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގެ ރައްޔިތުން ޖަލަށް ދާންޖެހިދާނެ ކަމަށެވެ. އަދި ފުލުހަށް ހާޒިރު ކޮށްފައިވަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއީގެ ގާނޫނީ ވަކީލު މުހައްމަދު އަލީމް އިބްރާހިމް ވިދާޅުވީ ރާއީ އަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވެފައިވާ ކަމަށާއި، ބަޔާން ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ވަކި މަގުސަދެއްގައި ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ފުލުހުންގެ ފަރާތުން ކުރާ ތުހުމަތަކީ ފުރަތަމަ ކަމަކަށް ބެރިކޭޑް ކޮށްޕާ ފުލުހުންނަށް ހުރަސްއަޅައި، އާއްމު ވިޔަފާރިތަކާއި ދަތުރުފަތުރަށް ހުރަސްއަޅަން އަޅުގަނޑުގެ މުވައްކިލުގެ ފަރާތުން ވަރަށް ގިނަ ކަންކަން ކުރިއޭ. ދެން މީގައި ފުލުހުން ބުނާ އެއްޗަކަށް ވުރެ ބޮޑަށް މީގައި ހާމަވެގެން އެބަދޭ ލައިވްކޮށް ކުރިއަށް ގެންދާ ހަރަކާތްތަކެއް މިއީ. އެއްވެސް އިރެއްގައި ފުލުހުން ތުހުމަތުކުރާ ރޭ. 9 މާރިޗް 2025 ގައި އެފަދަ އެއްވެސް ކަމެއް މި ކްލައިންޓް ގެ ފަރާތުން ހިނގާފައިނުވޭ. ބެރިކޭޑް ކޮށްޕާ ފުލުހުންނަށް ހުރަސް އަޅައި، އެކަހަލަ އެއްވެސް ކަމެއް ހިނގާފައިނުވޭ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ

ރާއީ ފުލުހަށް ހާޒިރުކޮށްފައިވާއިރު، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގައި ރާއީ އަންނަނީ ބައިވެރިވަމުންނެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، އަނިޔާ ކުރަމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

- ކޮމެންޓް