ކ. މާލެ
|
10 މާރޗް 2025 | ހޯމަ 13:00
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ
ހެލްތު މިނިސްޓްރީ
ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމުތައް
ފޮރިން މިނިސްޓްރީގައި އެކަނި ވެސް 100 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ހަލީލް އިއުތިރާފް ވެވަޑައިގަންނަވައިފި
ޖެނުއަރީ 2025 ގައި ހެޑް ކުއާޓަރސްގައި ޕޮލިޓިކަލް 28 ސްޓާފުން، މިޝަންތަކުގައި 104 ސްޓާފުން އެބަތިބި
އޮކްޓޫބަރު 2023ގައި ހެޑް ކުއާޓަރސްތަކުގައި 18 ޕޮލިޓިކަލް ސްޓާފު، މިޝަންތަކުގައި 98 ސްޓާފުން ތިބި
މިސަރުކާރުން ވަނީ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސިއްރުކޮށްފައި

ފޮރިން މިނިސްޓްރީގައި އެކަނި ވެސް 100 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް އިއުތިރާފް ވެވަޑައިގަންނަވައިފި އެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) - މި މާއްދާގެ (ހ)ގެ (1)ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަންކުރަންވާނީ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތައަށްވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ހާމަވެފައިވާ މަދު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދަދު މިހާރު މާ ބޮޑަށް ގިނަވެފައިވާ ކަމަށާއި، އަސްލު އަދަދަކީ ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ.

ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ މިސުވާލާއި ގުޅޭގޮތުން މިނިސްޓަރު ހަލީލު ވިދާޅުވީ އޮކްޓޫބަރު 2023ގައި ހެޑް ކުއާޓަރސްގައި ތިބީ 98 ފޮރިން ސަރވިސް ސްޓާފުން ކަމަށާއި، މިޝަންތަކުގައި ތިބީ 39 ފޮރިން ސްޓާފުން ކަމަށެވެ. އަދި ޖުމްލަ 137 ކަމަށެވެ. ހަމަ އެތާރީހުގައި ހެޑް ކުއާޓަރސްތަކުގައި 18 ޕޮލިޓިކަލް ސްޓާފު، މިޝަންތަކުގައި 98 ސްޓާފު އަދި ޖުމްލަ 116 ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ޖެނުއަރީ 2025 ގައި ހެޑް ކުއާޓަރސްގައި ތިބީ 93 ފޮރިން ސަރވިސް ސްޓާފުން ކަމަށާއި، މިޝަންތަކުގައި 46 އަދި ޖުމްލަ އަދަދަކީ 139 ކަމަށެވެ. ހަމައެތާރީހުގައި ޕޮލިޓިކަލް ސްޓާފުން ހެޑް ކުއާޓާސްގައި 28، މިޝަންތަކުގައި 104 އަދި ޖުމްލަ އަދަދަކީ 132 ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގައި އެކަނި ވެސް 100 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ހަލީލް އިއުތިރާފް ވެވަޑައިގަންނަވާފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި 700 ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ނުތިބޭނެ ކަމަށެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން ހާމަ ކޮށްފައި ނުވި ނަމަވެސް، ބައެއް މިނިސްޓްރީ ތަކުގައި އިށީންނާނެ ގޮނޑި މޭޒު ނެތް މިންވަރަށް ސިޔާސީ މަގާމުތަކަށް މީހުން ވަނީ ލާފައެވެ. އަދި ބައެއް ފަރާތްތަކުން ކުރާނެ މަސައްކަތެއް ނޯންނަ ކަމަށާއި، އޮފީހަށް ވަދެލާފައި ދަނީ ކޮފީ އަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް