ކ. މާލެ
|
9 މާރޗް 2025 | އާދީއްތަ 11:03
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަޙްމަދު ޝަމްހީދު
ރާއްޖެއެމްވީ
ރާއްޖޭގެ އިޤްތިޞާދު
މިވަރަށް ލޯނު ނަގަންޏާ ބޮލަކަށް 500 ޑޮލަރު މާރުކުރިއަސް ހިފަހައްޓައެއް ނުލެވޭނެ: ޑރ. ޝަމްހީދު
މީގެ 3 އަހަރުފަހުން މިހާރު މާރުކުރަންބުނާ ޑޮލަރުގެ 1 ގުނަ އިތުރަށް މާރުކުރުވާނެ

ޑޮލަރު މާރުކުރަން ޤާނޫނެއް ހަދައިގެން ރިސޯޓުތަކުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސަންޓް ޑޮލަރު މާރުކުރަން މިހާރު ސަރުކާރުން ބުންޏަސް، ސަރުކާރުން މިހާރު ނަގާ ލޯނުތަކުން އެކަން އެގޮތަށް ބާއްވައިގެން ހިފަހައްޓައި ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމްހީދު ވިދާޅުވީ މިހާރު ނަގަމުންދާ ލޯނުތައް ދެއްކުމަށް ސަރުކާރަށް ބޭނުންވާ ޑޮލަރުގެ އަދަދު އިތުރުވެގެން ގޮސް މީގެ 3 އަހަރު ފަހުން މިހާރު މާރުކުރަން ބުނާ އަދަދުގެ 1 ގުނަ އިތުރަށް މާރުކުރަން އަންގާނެ ކަމަށެވެ.

ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން ވެސް މިޤައުމުގައި ހަމަޔާ އުޞޫލުން ކަންކަން ހިނގާތޯ ބަލާނެ ކަމަށާ، ހާއްސަކޮށް އަދުލު އިންސާފުގެ ނިޒާމް އޮތް ހާލަތު ބަލާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މިވަގުތަކީ ރާއްޖޭގައި އަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެމަތީ ކޯޓު ކަމުގައިވާ ސްޕްރީމްކޯޓަށް ހަމަލާއެއް ދެވިފައިވާ ވަގުތެއް ކަމުން ހިނގަމުންދާ ކަންކަން އިންވެސްޓަރުން ވެސް ބަލާނެ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިންވެސްޓްތައް ކުރެވޭ ވަރަށް ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ނޫން ކަމަށެވެ. އަދި ރާއްޖޭގެ ބޭންކުތަކުގައި އެވަރުގެ ބޮޑެތި އިންވެސްޓް ކުރެވޭނެ ޤާބިލުކަން ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް