ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 09:49
އެފްއޭއެމް ވެޓަރަންސް ލީގުގައި ސިފައިންގެ ކުލަބާއި ޒެލޮޓް ބައްދަލު ކުރި މެޗުގެ ތެރެއިން
އެފްއޭއެމް ވެޓަރަންސް ލީގުގައި ސިފައިންގެ ކުލަބާއި ޒެލޮޓް ބައްދަލު ކުރި މެޗުގެ ތެރެއިން
މެދުރޮނގު
އެފްއޭއެމް ވެޓަރަންސް ލީގު
ޒެލޮޓް އަތުން ސިފައިންނަށް ފަސް ލަނޑުގެ މޮޅެއް
ސިފައިންގެ ކުލަބުން ވަނީ 5-0 ގެ ބޮަޑު ނަތީޖާ އަކުން ޒެލޮޓް ބަލިކޮށްފަ އެވެ. މެޗުގައި ރަނގަޅަށް ކުޅުނު ސިފައިންގެ ކުލަބުން އެ ޓީމުގެ ފަސް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ވެޓަރަންސް ލީގުގެ ގުރޫޕު އޭގައި ޒެލޮޓާ ދެކޮޅަށް ކުޅުނު މެޗުން، ސިފައިންގެ ކުލަބު މޮޅުވެއްޖެ އެވެ.

މާފަންނު ޓާފް ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ސިފައިންގެ ކުލަބުން ވަނީ 5-0 ގެ ބޮަޑު ނަތީޖާ އަކުން ޒެލޮޓް ބަލިކޮށްފަ އެވެ. މެޗުގައި ރަނގަޅަށް ކުޅުނު ސިފައިންގެ ކުލަބުން އެ ޓީމުގެ ފަސް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި މޫސާ މަޒުހަރުއްދީން ޖެހި ލަނޑުން ސިފައިންގެ ކުލަބު ވަނީ ލީޑު ނަގައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން ސިފައިންގެ ކުލަބުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮސްދިނީ އަޙުމަދު ރަޝާދު އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ ސިފައިންގެ ކުލަބުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 51 ވަނަ މިނެޓުގައި އަލީ ޙައިސަމް ވަނީ ލަނޑު ޖަހައި ސިފައިންގެ ކުލަބުގެ ލީޑު ހަތަރު ލަނޑަށް ފުޅާ ކޮށްފަ އެވެ. އަދި މެޗުގައި ސިފައިންގެ ކުލަބުގެ ފަހު ލަނޑު އަޙުމަދު ފަޒާލް ޖެހީ މެޗުގެ 59 ވަނަ މިނެޓުގަ އެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ގުރޫޕު ބީގެ ސްޓެލްކޯ އާއި ކުލަބު އީގަލްސް އެވެ.

- ކޮމެންޓް