ކ. މާލެ
|
5 މާރޗް 2025 | ބުދަ 15:36
2 މާޗް 2025 ގައި މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އަހުމަދު އުސެއިދު އިބްރާހިމް އަފީފް
2 މާޗް 2025 ގައި މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އަހުމަދު އުސެއިދު އިބްރާހިމް އަފީފް
ރާއްޖެއެމްވީ
އުސެއިދު ގެއްލިގެން ހޯދުން
މެލޭޝިއާއިން އުސެއިދު ގެއްލުމުގެ ކުރިން ހައިކޮމިޝަނަށް ދިޔަކަން ހާމަވެއްޖެ
މެލޭޝިއާގައި އާދިއްތަ ދުވަހުން ފެށިގެން އަހުމަދު އުސެއިދު ގެއްލިގެން ހޯދަމުން އަންނަ އިރު އޭނާ އެ ދުވަހު މެލޭޝިއާ ގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔައީ 4 ޖެހި އިރު
އުސެއިދު ގެއްލިގެން ހޯދަމުންދަނީ އާދީއްތަ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން
ފޮރިން މިނިސްޓްރީން މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް

މެލޭޝިއާގައި އާދިއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ހަބަރެއް ނުވެގެން ހޯދަން އާއިލާއިން މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ގެއްލުނު ދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަކަން ހާމަވެޖެއެއެވެ.

އުސެއިދުުގެ ފޮޓޯއަކާއެކު އެއާއިލާއިން ބުނެފައިވަނީ އުސެއިދުގެ ހަބަރެއް ނުވެގެން އޭނާ ހޯދަމުންދާ ކަމަށެވެ. އުސައިދު ގެއްލިގެން ހޯދަމުންދަނީ އާދީއްތަ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން ހަބަރެއް ނުވެގެންނެވެ.

އުސެއިދުގެ ބައްޕަ އިބްރާހިމް އަފީފު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އުސައިދު 2 މާރޗް 2025 ވަނަ ދުވަހުގެ ހަވީރު 3:15ގެ ފަހުން Sunway geo އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން، އެރޭ 10:00 ގައި އެކަން ޕޮލިހަށް އެންގި ކަމަށެވެ. އަދި ހަމަ އެދުވަހު މެލޭސިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށާއި، މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

އަދި އެކިއެކި ގްރޫޕްތަކުގައްޔާއި، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، އުސެއިދު ގެއްލުނު ދުވަހު ހަވީރު 4:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގިފައިވާ ކަމަށް އުސެއިދުގެ ބައްޕަ ލިޔުނު ޕޯސްޓުގައި ބުނެފައިވެއެވެ.

ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތެއްނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލެޓް އާއި ސްޓޫޑެންޓް ކާޑު ބާއްވާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި 3 ވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާ ކަމަށް އަފީފުގެ ޕޯސްޓުގައި ލިޔެފައިވެއެވެ. އަދި އަންގާރަ ދުވަހުގެ 11 ޖެހިއިރު ހައިކޮމިޝަނުންވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އާއިލާއާއި ހަވާލުކޮށްފައި ކަމަށާއި، ނަމަވެސް އުސައިދު ނުފެންނަކަމަށް އަފީފުގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އުސައިދު ގެއްލުނު އިރު ހުރީ ރަތްކުލައިގެ ޓީޝާޓެއްލައިގެންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މެލޭޝިއާގައި ހުރި ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އަދި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

- ކޮމެންޓް