ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 18:43
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ
ފޭސްބުކް
އައްްޑޫ ސިޓީ
އައްޑޫގެ ކަރަންޓްގެ މައްސަލައަށް ރައީސް މުޢިއްޒު އަށް ހައްލެއް ހޯދައިނުދެވުނު: ނިޒާރު
އައްޑޫގެ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ސަރުކާރުން ހޯދައިނުދޭ
ހަފްތާއެއް ވަންދެން ކަރަންޓް ނުކެނޑި ދިޔަނަމަވެސް އަނެއްކާވެސް އެކި ހިސާބުތަކުން ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް އަހަރެއް ވެގެންދިޔައިރުވެސް މިމައްސަލައަށް އެކަށީގެންވާ ހައްލެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ހޯދައިނުދެވުނު ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރ ނިޒާރު ވިދާޅުވީ ރޯދަ މަހަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ އަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަން ނުވާނެ ކަމަށް ކުރިންވެސް ބުނަމުންދިޔަ ކަމަށާއި ސަބަބަކީ އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީއެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނުލިބި ދާދިއުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި ކަމަކަށްވާއިރު، ރޯދަ މަހު މިކަމަށް ހައްލެއް ލިބޭނެ ކަމަށް ޔަޤީންކަން ދިނުމަށްފަހުވެސް އަނެއްކާ މިއަދު އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ޙިދުމަތްވަނީ މެދުކެނޑިފައެވެ. ނިޒާރު ވިދާޅުވީ ހަފްތާއެއް ވަންދެން ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ލިބުނު ނަމަވެސް ރޯދަ މަސް އައުމާއި އެކު ފެނައަކަށް މިޚިދުމަތް ނުދެވުނު ކަމަށެވެ.

ނިޒާރު ވިދާޅުވީ ކޮންމެ ފަހަރަކުވެސް ޖަނެރޭޓަރަށް މައްސަލައެއް ދިމާވުމުން، ސްޕެއަރ ގެނެސްގެން އެމައްސަލަ ހައްލުކުރަން އުޅުނަސް އެކަން ނުވާނެ ކަމަށާއި މިކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީގައި، ނިމިދިޔަ ސަރުކާރުން ވަނީ އައު އިންޖީނުގެ އެއް އިމާރާތްކުރުމުގެ މަސައްކަތް ފަށައި ބޮޑު ބައެއް ނިމިފައި ކަމަށާއި ނަމަވެސް މިސަރުކާރު އައުމަށްފަހު އެއިމާރާތުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ފެނަކަ އަށް އެއްވެސް ހައްލެއް ހޯދައިނުދެވޭނެ ކަމަށް ނިޒާރު ތަކުރާރުކޮށް ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތަށް ރިޔާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އެސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ. އައްޑޫގެ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު، އިންޖީނު އިންސްޓޯލް ކުރެވިފައިނުވެއެވެ.

- ކޮމެންޓް