ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 07:30
ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސްނުއްސޫއޫދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރައްވާ ފަތްކޮޅު ދެނީ - 15 ފެބްރުއަރީ 2024
ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސްނުއްސޫއޫދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރައްވާ ފަތްކޮޅު ދެނީ - 15 ފެބްރުއަރީ 2024
ރައީސް އޮފީސް
މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ މައްސަލަ ބެލުން ހުއްޓުވުމަށް
ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކާފައިވޭ
މުއިއްޒު އެދިވަޑައިގަންނަވާ ގޮތައް މައްސަލަ ނިންމަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ ޚިލާފަށް ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފިއެވެ.

ސުއޫދު ރައީސް މުއިއްޒު އަށް އެޑްރެސް ކުރައްވާ 4 މާޗް 2025 ގެ ތާރީޚުގައި ލިޔުއްވާފައިވާ ސިޓީގައި ދިވެހިރާއްޖޭގެ ގާނޫނުުއަސާސީ އަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫނު އަސާސީގެ 73 ވަަނަ މާއްދާ އަށް ގެނައި އިސްލާހަކީ، 2008 ގެ ގާނޫނުއަސާސީގެ އަސްލުތަކާ އުސޫލުތަކާ ޚިލާފު ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ކޯޓުން ނިންމުމާއެކު، އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކުރުމަށް ރައްޔިތުންގެ މަޖިލިހުން ބިލެއް ފާސް ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ސުއޫދުގެ ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީ އާ ޚިލާފަށް މި މައްސަލަ އަށް ނުފޫޒު ފޯރުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކާފައެވެ.

ސުއޫދު ވިދާޅުވީ މުއިއްޒު އެދިވަޑައިގަންނަވާ ގޮތައް ހުށަހެޅިފައިވާ މައްސަލަ ނިންމުމަށް މައްސަލަ އަށް ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިހިނދުން އިސްތިއުފާ ދެއްވީ ކަަމަށެވެ.

ފަނޑިޔާރު ސުޢޫދު އިސްތިއުފާ ދެއްވި ސިޓީ

ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ އަކަށް އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަދި ހުށަހެޅިފައިވާ މައްސަލަ ބައްލަވަމުން ގެންދެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރަކު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފަށް ކޯޓުގައި ހިނަގަމުންދިޔަ މައްސަލަ އަކަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރު ދެއްކެވި ކަމަށް ވިދާޅުވި އިރު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހު ދިވެހި ގައުމާ މުޚާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކޯޓުތަކަށް އަތްބޭނުން މިހާ ހިސާބުން ނިމުނީ ކަމަށް އޮތީ ވިދާޅުވެފައެވެ.

ފެބްރުއަރީ މަހުގެ 26 ވަަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑް ކުރީ ވަރަށް ކުއްލި ގޮތަކަށެވެ.

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓިން ވަކި ވުމުން ނުވަތަ ވަކި ކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާ މެދު ގޮތެއް ކަނޑައެޅެންދެން މެމްބަރުކަން ނުގެއްލޭ ގޮތައް ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ އަށް ގޮތެއް ނިންމުމުގެ އަޑު އެހުމަށް ވަކީލުން ތިބީ ކޯޓަށް ވެސް ހާޒިރު ވެފައެވެ.

- ކޮމެންޓް