ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 13:28
ރަން މެޑަލް ހޯދައިދިން ޝާހީން ރާއްޖޭގެ ކޮންޓިންޖެންޓާއެކު
ރަން މެޑަލް ހޯދައިދިން ޝާހީން ރާއްޖޭގެ ކޮންޓިންޖެންޓާއެކު
ޓްވިޓަރ
ބޮޑީބިލްޑިން ޗެމްޕިއަންޝިޕް
އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލެއް ލިބިއްޖެ
ރަން މެޑަލް ހޯދައިދީފައިވަނީ ޝާހީން އިބްރާހިމް ދީދީ

51 ވަނަ އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލްއެއް ލިބިއްޖެ އެވެ.

ޖުމްލަ 8 ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖެއަށް ފަހުރުވެރި ރަން މެޑަލް ހޯދައިދީފައިވަނީ ޝާހީން އިބްރާހިމް ދީދީ އެވެ. އޭނާ ރަން މެޑަލް ހޯދީ 55 ކިލޯގްރާމް ކެޓަގަރީންނެވެ.

އެއްވަނަ ރާއްޖެއަށް ލިބުނުއިރު، ދެވަނަ ލިބުނީ މޮންގޯލިއާގެ އެތްލީޓަކަށެވެ. ތިންވަނަ ނޭޕާލްގެ އެތްލީޓަކަށް ލިބުނުއިރު، ހަތަރުވަނަ ލިބިފައިވަނީ ތައިލޭންޑްގެ އެތްލީޓަކަށެވެ.

މުބާރާތުގައި މި ވާދަކުރީ ކޮރެއާ، އިންޑިއާ، ނޭޕާލް، ޗައިނާ، ތައިލޭންޑް، ވިއެޓްނާމް، މޮންގޯލިއާ އަދި ރާއްޖެއެވެ. ޖުމްލަ ނުވަ އެތްލީޓުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.

ޝާހީން އަކީ ނިމިގެންދިޔަ މިސްޓަ މޯލްޑިވްސް މުބާރާތުގެ ދެވަނަ ހޯދި އެތްލީޓެވެ. އޭނާ މިސްޓަ މޯލްޑިވްސް އިން ބަލިވީ މުހައްމަދު ޔާމީން (ޔާމްބެ) އާ ވާދަކޮށްގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް