ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 10:18
ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 28 ފެބްރުއަރީ 2025
ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 28 ފެބްރުއަރީ 2025
ރާއްޖެއެމްވީ
ސްޕްރީމްކޯޓު
ސްޕްރީމްކޯޓު ހުއްޓުވީމާ ޤާނޫނު އަސާސީ ހިންގޭނެ ގޮތެއް މިހާރު ނެތް: އިބުރާ
ސްޕްރީމްކޯޓު ހުއްޓިފައި އޮންނަ ވަގުތެއް އައިސްގެން ނުވާނެ

ކޮންމެ ވަގުތަކުވެސް ހިނގަހިނގާ އޮންނަ ސްޕްރީމްކޯޓެއް ނެތި މިހާރު އޮތް ޤާނޫނު އަސާސީ ހިންގޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބުރާހިމް އިސްމާއިލް ވިދާޅުވެއްޖެއެވެ. އިބުރާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އިބުރާ ވިދާޅުވީ މިވަގުތަކީ ސްޕްރީމްކޯޓުގެ 3 ފަނޑިޔާރެއް ޖޭއެސްސީއިން ސަސްޕެންޑް ކޮށްފައިވާ ވަގުތެއް ކަމަށާ އެހެން ކަމުން އެކޯޓުގައި ޝަރީއަތްތައް އޮންނަންވާ ގޮތަށް ނުގެންދެވޭ ހާލަތެއް އައީމާ އެހުއްޓެނީ ޤާނޫނު އަސާސީ ކަމަށެވެ. އަދި ޤާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެތައް ހައްޤުތަކަކާ މިނިވަންކަމާ، ޤާނޫނުން ރައްޔިތުންނަށް ލިބިދޭ ރައްކާތެރިކަމާ މިހުރިހާ ކަމަކަށް ސްޕްރީމްކޯޓު ހުއްޓުމުން ލޮޅުންއަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ ޤާނޫނު އަސާސީގައި އޮންނަނީ ރައްޔިތުންގެ ހައްޤުތަކެއް ކަށަވަރު ކުރެވިފައި ކަމަށެވެ. އަދި ދަޢުލަތް ހިންގުމުގެ ނިޒާމް ވެސް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

އެހެން އެކަން އޮއްވާ ސަރުކާރަށް ނުވަތަ ދަޢުލަތުގެ އިދާރާއަކަށް ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރީމާ ، ނުވަތަ ޤާނޫނާ ހިލާފުވީމާ ، ދެން ރައްޔިތުން ހައްޤު ހޯދުމަށް ދާން އޮތީ ކޯޓު ކަމަށް އިބުރާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިވަގުތަކީ އަދުލުއިންސާފު ޤާއިމްކުރުމުގައި ފަހު ބަސް ބުނަން އޮތް ކޯޓު ހުއްޓުވައިފައި އޮތް ވަގުތެއް ކަމަށްވުމުން މިއީ ކަންބޮޑުވާންޖެހޭ ބޮޑުކަމެއް ކަމަށް އިބުރާ ވިދާޅުވިއެވެ. އަދި އޭނާ އިސްވެ ހައިކޯޓަށް މިހާރު ހުށަހަޅައިފައިވާ މައްސަލަ ބިނާކޮށްފައިއެވަނީ ސްޕްރީމްކޯޓު ހިނގަހިނގާ ހުންނަންޖެހޭއިރު އެހާލަތު މިހާރު ނެތުމުން އެކަމަށް ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް