ހޮނިހިރު ދުވަހުގެރޭ ކުރި ވިއްސާރައިގައި މާލެ އަތޮޅު ހިންމަފުށީ ބައެއް ގޭގޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެއްޖެއެވެ.
އާންމު ފަރާތްތަކުން ހިއްސާ ކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތަކަށް ވަރަށް ބޮޑަށް ބައެއް ގޭގެ އަށް ވަނީ ފެން ވަދެ ތަކެއްޗަށް ގެއްލުންވެފައެވެ.
ގެއްލުންވީ ކިތައް ގެއަށް ކަމެއް އަދި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް މުޅިން ސާފެއް ނުވެއެވެ.
މޫސުމާ ބެހޭ އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް އޮރެންޖް އެލަޓް ނެރެފައެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވަނީ މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، ވެލިބަސްތާ ޖެހުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.