ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 00:41
ރޯދަ މަހު ފުލުހުންގެ ހަރަކާތްތައް ރޭވިފައިވާ ގޮތާއި މެދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރޯދަ މަހު ފުލުހުންގެ ހަރަކާތްތައް ރޭވިފައިވާ ގޮތާއި މެދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެ އެމްވީ
ރަމަޟާން މަހުގެ ތައްޔާރީތައް
"މި ރަމަޟާން މަހު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ޓްރެފިކް ބަލަހައްޓާނެ "
ޓްރެފިކް ބާރު ބޮޑުވާ ގަޑިތަކުގައި މަގުމަތީގައި ޓްރެފިކް ކޮންޓްރޯލްކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައި

މި އަހަރުގެ ރަމަޟާންމަހު ވެސް މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ކުށް މަދުކުރުމަށާއި ޓްރެފިކް ކޮންޓްރޯލްކުރުމަށް ފުލުހުން ޚާއްސަ ސަމާލުކަމެއް ދެއެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު ވިދާޅުވީ މާލޭގެ 5 ސަރަހައްދެއްގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ސިޓީ ކައުންސިލާއި ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމާއި ބޭނުން ނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ޓްރެފިކް ފްލޯ އަށް ރަމަޟާން މަހު އަންނަ ބައެއް ބަދަލުތައް ވެސް ހިއްސާކުރައްވާފައެވެ.

ބާޒާރުމަތީގެ ވަކި ސަރަހައްދެއް ހެނދުނު 6 އިން އިރުއޮއްސި 6 އަށް ޕާކްކުރުން މަނާވާނެ. އެ ސަރަަހައްދުގައި ޕާރކް ކުރެވޭނީ އިރުއޮއްސި 6 އިން ހެނދުނު 6 އަށް.

އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު

ފުލުހުން އެދެނީ މިސްކިތަށް ހިނގާފައި ދިއުމަށާއި އަދި ރަނގަޅު ޒޯންގައި އުޅަނދުތައް ޕާކްކުރުމަށް އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ޓްރެފިކް ބާރު ބޮޑުވާ ގަޑިތަކުގައި މަގުމަތީގައި ޓްރެފިކް ކޮންޓްރޯލްކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް