ރަޝިއާ ގެ ސިފައިން ޔުކްރެއިން ގެ ބޯޑަރު ސަރަހައްދަށް ހަމަލާ ދެމުންދާ ކަމަށް ޔުކްރެއިން އިން ބުނެފިއެވެ.ކީވްއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ރަޝިއާގެ ކުރްސްކް ސަރަޙައްދުން ޔުކްރެއިން ބޯޑަރަށް ރަޝިޔާގެ އަސްކަރީ ސިފައިން އަންނަނީ ހަމަލާ ދެމުންނެވެ. ރަޝިއާ ސިފައިން ހަމަލާ ދެމުން ދާއިރު މި ސަރަޙައްދުގެ ބައެއް މިހާރު ވަނީ ޔުކްރެއިންގެ ބާރުގެ ދަށުގައެވެ.ޔުކްރެއިންގެ ސަރުކާރުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މިފަހަރު ރަޝިއާ އިން ހަމަލާދޭން މަސައްކަތް ކުރަނީ އުޅަނދުފަހަރު ބޭނުންކޮށްގެން ނޫން ކަމަށާއި، ސިފައިންގެ ގްރޫޕްތަކުން ކަމަށެވެ. އަދި ޔުކްރެއިންގެ ދިފާޢީ ބާރުތަކުން އެ ހަމަލާތަކާ ކުރިމަތިލަމުންދާ ކަމަށާއި، މިހާތަނަށް ބޯޑަރު ހުރަސްކުރެވިފައި ނުވާ ކަމަށާއި، ހަނގުރާމަ ދަނީ ކުރިއަށް ކަމަށެވެ.