ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 02:49
ސްޕެއިންގެ މެޑްރިޑްގެ އުތުރުގެ ސަރަހައްދެއްގައި ހުންނަ ރިޗަރޑް ގިއަރގެ އައު ގޭގައި އޭނާގެ އަންހެނުންނާ އެކު
ސްޕެއިންގެ މެޑްރިޑްގެ އުތުރުގެ ސަރަހައްދެއްގައި ހުންނަ ރިޗަރޑް ގިއަރގެ އައު ގޭގައި އޭނާގެ އަންހެނުންނާ އެކު
ގެޓީއިމޭޖަސް
ރިޗަރޑް ގިއަރ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
ގިއަރ ގެ ދެމަފިރިން މިހާރު ދިރިއުޅެނީ ސްޕެއިންގެ މެޑްރިޑް ގައި

ހޮލިވުޑްގެ މަޝްހޫރު ތަރި ރިޗަރޑް ގިއަރ އޭނާގެ އަންހެނުން އަލެހާންޑްރާ ގިއަރ އަދި އެމީހުންގެ ދެ ކުދިންނާއެކު ރާއްޖޭގެ ހިތްފަސޭހަ ރިސޯޓެއްގައި ޗުއްޓީއެއް ހޭދަކުރަމުންދާ ކަމަށް ރިޗަރޑް ގިއަރ ގެ އަންހެނުން ހާމަ ކޮށްފިއެވެ.

އުމުރުން 42 އަހަރުގެ އަލެހާންޑްރާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގައި، 75 އަހަރުގެ "ޕްރިޓީ ވުމަން" ގެ ތަރިއާ އެކު ގޮނޑުދޮށުގައި ހިތްފަސޭހަ ކޮށްލަން އޮށޯވެ ތިއްބާ ނަގާފައިވާ މަންޒަރުތައް ވަނީ ހާމަ ކޮށްފައެވެ.

މި ދެމަފިރިންނާއެކު އެމީހުންގެ ދެ ދަރިން، 5 އަހަރުގެ އަލެގްޒެންޑަރ އަދި 4 އަހަރުގެ ޖޭމްސް މި ދަތުރުގައި ބައިވެރިވެއެވެ.

ގިއަރގެ އެހެން ކައިވެންޏަކުން ލިބިފައިވާ 25 އަހަރުގެ ދަރިއެއްވެސް ހުރެއެވެ.

2014 ގައި ބައްދަލުވެ 2018 ގައި ކައިވެނިކުރި މި ދެމަފިރިން، އެމެރިކާގެ ކަނެކްޓިކަޓްގައި ހުރި އެމީހުންގެ 11 މިލިއަން ޑޮލަރުގެ ގެ ވިއްކާލުމަށްފަހު 2024 ގެ ނޮވެމްބަރުގައި ސްޕެއިންގެ މެޑްރިޑަށް ދިރިއުޅުން ބަދަލު ކުރިއެވެ.

ސްޕެއިންގެ އަސްލު ރައްޔިތެއް ކަމުގައިވާ އަލެހާންޑްރާ އެމީހުންގެ އާ ދިރިއުޅުމުގެ ވާހަކަތައް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ގްރެނާޑާގައި ބޭއްވުނު 2025 ގޯޔާ އެވޯޑްސްގައި ގިއަރއަށް ލިބުނު ލައިފްޓައިމް އެޗީވްމަންޓް އެވޯޑްގެ މަންޒަރުތައްވެސް ފޭނުންނަށް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

- ކޮމެންޓް