ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 22:52
ރާއްޖެ އެމްވީ ކުއްލި ހަބަރު
ރާއްޖެ އެމްވީ ކުއްލި ހަބަރު
ހޫނު ހަބަރު
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނު މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި
ވަގުތީ އަމުރުގެ އަޑުއެހުން އޮންނާނީ ބުދަ ދުވަހު ހެނދުނު 11:00 ގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނު މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ވަގުތީ އަމުރުގެ އަޑުއެހުން އޮންނާނީ ބުދަ ދުވަހު ހެނދުނު 11:00 ގައި ކަމަށް ވަކީލުންނަށް ކޯޓުން ވަނީ އަންގާފައެވެ.

މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅުއްވީ މެންބަރުން ވަކިކުރާ މައްސަލައިގައި ގާނޫނޫ އަސާސީއަށް ގެނެސްފައިވާ ބަދަލު ބާތިލުކުރުމަށް އެދިވަޑައިގެން މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނުނީ ވަކީލު އަލީ ހުސައިންއެވެ.

ވަގުތީ އަމުރު ނުނެރެފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިހާރު ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެވިފައިވާ ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް އެބައޮތް ކަމަށެވެ. އަދި އެ މެންބަރުން ވަކިވެއްޖެ ހާލަތެއްގައި އެ ދާއިރާތަކުގައި ބައި-އިލެކްޝަންތައް ބާއްވަންޖެހުމަކީ ދައުލަތުން އުފުލަންޖެހޭނޭ މާލީ ބުރައެއް ކަމަށާއި، އެ ބައ-ިއިލެކްޝަންތައް ނިމި، އެ ދާއިރާތަކަށް އައު މެންބަރުން އިންތިހާބު ކުރެވޭ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ނިންމަވާއިރު، މައްސަލަ ހުށަހެޅިފަރާތުން އެދުނު ގޮތަށް މައްސަލަ ނިމިއްޖެނަމަ، އެކަމުގެ ސަބަބުން އިތުރު ގާނޫނީ މައްސަލަތަކެއް އުފަންވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް