އަންގާރަ ދުވަހުގެ ރޭ 10:15 އަށް މެމްބަރުންނަށް މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގެ ބައްދަލުވުމަކަށް ކިޔައިފިއެވެ.
ކޮމިޓީގެ މެމްބަރަކު ވަނީ އެކަން މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.
މެމްބަރުންނަށް ބައްދަލުވުމަކަށް ކީ ނަމަވެސް އެއްވެސް އިތުރު މައުލޫމާތެއް މަޖިލީހުގެ އިދާރާއިން ދީފައެއް ނުވެއެވެ. މެމްބަރުންނަށް ވެސް އަންގާފައެއް ނުވެއެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ކޮމިޓީގެ ރައީސް އަށް ކޮމިޓީގެ ބައްދަލުވުމަކަށް ގޮވާލެވިދާނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް އިތުރު އެއްވެސް އިސްލާހެއް ނުގެނެސް ސަރުކާރު ހިންގާ ޕާޓީގެ ފުލް ކޮންޓްރޯލު އޮތް ޖުޑީޝަރީ ކޮމިޓީން އަންގާރަ ދުވަހު ވަނީ ފާސް ކޮށްފައެވެ.
ކޮމިޓީން ބިލު ފާސްކުރީ ބިލު ދިރާސާކުރުމެއް ނެތި، ކޮމިޓީގެ މަސައްކަތް ފެށިތާ ގަޑިއެއްހާއިރުވެސް ނުވަނީހެވެ. ހަމައެކަނި އަހާފައިވަނީ ސަރުކާރުން ބިލު ފޮނުވިގޮތަށް ފާސްކުރުމަށެވެ.
ބިލު ކޮމިޓީ އަށް ފޮނުވީ ވެސް އަންގާރަ ދުވަހުއެވެ.