ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅީ ވެރިކަން ކުރުމުގެ ބާރުގެ ދަށަށް އެހެން ބާރުތައް ގެންދިއުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެފަދައިން ވިދާޅުވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކޮށް ދެ ފަނޑިޔާރަކު ބެންޗުން ވަކި ކުރުމަށް މަގު ފަހިވާ ގޮތައް ހޯމަ ދުވަހު އެޖެންޑާގައި ހިމެނި ބިލުގެ ބަހުސް އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. ޝާހިދު ވިދާޅުވީ ރައްޔިތުންގެ ބާރު ފެށިގެން އަންނަނީ ވެސް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ޝާހިދު ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ގެންނަ އިސްލާހަކީ އެއީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަތުމަށް މަގުފަހިވާ ގޮތަށް އޮތް އިސްލާހެއް ކަމަށެވެ.
ޝާހިދު ވަނީ މީގެ ކުރިން ވެސް މިހާރު ވެރިކަމުގައި ތިބި ޕީޕީއެމް/ޕީއެންސީ ފިކުރުން ޤާނޫނުއަސާސީ އަށް ބޭނުން ބަދަލެއް ގެނެސް ޚުދުމުހުތާރު ވެރިކަމެއް ކުރި ކަމަށް ވިދާޅުވެފައެވެ.
މިފަދަ ކަންކަމުން ބޭރު ދުނިޔޭގެ ކުރިމަތީގައި ވެސް އަގު ވެއްޓުން ނޫން ކަމެއް ނުވާނެ. ފެނިގެން މިދަނީ މި ސަރުކާރަކީ ކޮންމެ ހާލަތެއްގައި ވެސް އަތް ބާނަން ޖެހުނު ކޮންމެ ތާކަށް އަތް ބާނާނެ ބައެއްކަން.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު![]()
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އިންތިހާ އަށް ހުރި ކަމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޖުޑީޝަރީގެ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް މެމްބަރުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާން ކުރެވިފައިވާ ފަދައިން، ގާނޫނު އަސާސީ އަކީ ވަރަށް ފޮނި އުއްމީދަކާއެކު ދިވެހިން ލިބިގެން ގާނޫނު އަސާސީ އަކަށް ވާއިރު، ގާނޫނު އަސާސީ އިން ދިވެހިން ކުރާ އެންމެ ފޮނި އުއްމީދަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވެގެން އައުން ކަމުގައި ދެކޭތީ އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް ބަދަލު ކޮށްގެން ކަމަށް ދެކޭތީ ކަމަށެވެ.