ކ. މާލެ
|
24 ފެބްރުއަރީ 2025 | ހޯމަ 20:07
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
ރޮއިޓަރސް
އިސްރާއީލް-ފަލަސްތީން މައްސަލަ
ހުޅަނގު އައްސޭރީ ގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަމުންދާތީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފި
ޖެނީވާގައި ބޭއްވުނު އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގައި ވާހަކަދައްކަވަމުން ގުޓެރެސް ވިދާޅުވީ ވެސްޓް ބޭންކްގައި އިސްރާއީލުގެ ހައްދުފަހަނަ އެޅި ވަޒަންވެރިންގެ އަނިޔާވެރިކަމާއި އެހެނިހެން ޤާނޫނާ ޚިލާފު ޢަމަލުތައް އިތުރުވަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ

ހުޅަނގު އައްސޭރީ (ވެސްޓް ބޭންކް) ގައި ދިރިއުޅޭ ޣައިރު ގާނޫނީ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވަމުންދާތީ އަދި އެ ސަރަޙައްދު އިސްރާއީލުގެ ބިމުގެ ބަޔަކަށް ހެދުމަށް ގޮވާލަމުންދާތީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.އިސްރާއީލުން އިއްޔެ އިޢުލާނުކޮށްފައިވަނީ ވެސްޓް ބޭންކްގެ ރެފިއުޖީ ކޭމްޕްތަކުގައި އެ ޤައުމުގެ ސިފައިން ގިނަ މަސްތަކަކަށް މަޑު ކުރާނެ ކަމަށެވެ. މި އޮޕަރޭޝަންގެ ސަބަބުން އެތައް ހާސް ފަލަސްތީނު ރައްޔިތުން ވަނީ ނިކަމެތިކަމާ ކުރިމަތިލާން މަޖުބޫރުވެފައެވެ.ޖެނީވާގައި ބޭއްވުނު އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގައި ވާހަކަދައްކަވަމުން ގުޓެރެސް ވިދާޅުވީ ވެސްޓް ބޭންކްގައި އިސްރާއީލުގެ ހައްދުފަހަނަ އެޅި ވަޒަންވެރިންގެ އަނިޔާވެރިކަމާއި އެހެނިހެން ޤާނޫނާ ޚިލާފު ޢަމަލުތައް އިތުރުވަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.ޖެނީން، ތުލްކަރަމް އަދި ތޫބާސް ސިޓީތަކާ ކައިރީގައި ހުރި ރެފިއުޖީ ކޭމްޕްތަކުގައި އިސްރާއީލު ސިފައިންގެ އޮޕަރޭޝަން ފުޅާވަމުންދާއިރު، 2005 އިން ފެށިގެން ފުރަތަމަ ފަހަރަށް އިސްރާއީލުން ވަނީ ޖެނީންގައި ޓޭންކުތައް ބޭނުންކުރަން ފަށާފައެވެ.ޣައްޒާގައި ވަގުތީ ހުއްޓުމެއް އައިސްފައިވާ ހަނގުރާމަ އަށް ދާއިމީ ހައްލެއް ހޯދުމަށާއި، ހުރިހާ ރަހީނުން ދޫކޮށްލުމަށާއި، ދެ ދައުލަތުގެ ހައްލަކާ ދިމާއަށް ކުރިއަށް ދިއުމަށް ގުޓެރެސް ގޮވާލެއްވިއެވެ. އަދި ވެސްޓް ބޭންކް އަދި ޣައްޒާ ހިމެނޭގޮތަށް މިނިވަން ފަލަސްތީނުގެ ދައުލަތެއް ޤާއިމްކުރުމަށްވެސް އެދިވަޑައިގަތެވެ.

- ކޮމެންޓް