ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލު ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްތީނު މީހުން ދޫކޮށްލުން ފަސްކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުން ދޫކޮށްލުން ފަސްކޮށްފައިވާ ކަމަށެވެ. މިއީ ޙަމާސްއިން އިސްރާއީލުގެ މީހުން ދޫކޮށްލާއިރު ބާއްވާ 'އިހާނެތި ރަސްމިއްޔާތުތައް' ނުބާއްވާނެ ކަމަށް އެއްބަސްވަންދެން ކަމަށް ބުނެފައިވެއެވެ. މިއީ ކުރިން އެއްބަސްވުމުގައި ނުހިމެނޭ މުޅިން އައު ޝަރުތެކެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ، ރަހީނުން ދޫކޮށްލާ އިރު ހަމާސް އިން ބާއްވާ "އިހްތިރާމް ކުޑަކުރާ ރަސްމިއްޔާތުތަކާ" ޕްރޮޕަގެންޑާ އަށް ރަހީނުން ބޭނުން ކުރުން ހުއްޓާލާނެކަން ޔަގީން ވަންދެން ދެން ދޫކުރަން ހަމަ ޖެހިފައިވާ މީހުން ދޫނުކުރާނެ ކަމަށެވެ.
އަނެއްކޮޅުން ހަމާސް އިން ވަނީ އެއްބަސްވުމާ އެއްގޮތައް އަމަލު ކޮށް އެމީހުންގެ ބައި އަދާކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހު، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ފުރުތަމަ މަރުހަލާ ގައި ދޫކޮށްލަން ހަމަ ޖެހިފައިވާ އެންމެ ފަހުން މީހުން ވަނީ ދޫކޮށްލާފައެވެ. ހޮނިހިރު ދުވަހު އިސްރާއީލުގެ 6 ރަހީނުން ވަނީ މިނިވަންކޮށް ހަވާލު ކޮށްފައެވެ.
"ހަމާސް އިން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން .. ރަހީނުންގެ ޤަދަރު ގެއްލޭ ގޮތަށް ބާއްވާ ލަދުވެތި ރަސްމިއްޔާތުތަކާއި، ޕްރޮޕެގެންޑާ އަށް ރަހީނުން ބޭނުން ނުކުރާނެކަން- ދެން މިނިވަންކުރާ ރަހީނުން ދޫކޮށްލުމުގައި އެގޮތައް އަމަލު ނުކުރާނެކަން ޔަޤީންވަންދެން، އިއްޔެ [ހޮނިހިރު ދުވަހު] ދޫކޮށްލަން ރޭވިފައިވާ ޓެރަރިސްޓުން ދޫކޮށްލުން ފަސްކުރުމަށް ނިންމާފައިވަނީ،"
ހަމާސްއިން ނަތަންޔާހޫ އަށް ތުހުމަތުކޮށްފައިވަނީ "ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ފަސާދަކޮށް ނުވަތަ ފުނޑާލުމަށް ނުބައި ގޭމުތައް ކުޅެމުންދާ" ކަމަށެވެ.
"ފުރަތަމަ މަރުހަލާގައި [ހަނގުރާމަ ހުއްޓުމުގެ] 100 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ މަރާލާފައި، އެއްބަސްވެފައިވާ ގޮތައް ގިނަ އިންސާނީ އެހީ ޣައްޒާ އަށް ވައްދަން ހުއްދަ ދީފައެއް ނުވޭ، އަދި ނެޓްޒަރިމް ކޮރިޑޯއިން ސިފައިން އަނބުރާ ގެންދިއުން ފަސްކޮށްފައިވާ،" ކަމަށް ހަމާސްގެ ސިޔާސީ ބިއުރޯގެ އިސް މެންބަރެއް ކަމަށްވާ ބާސިމް ނައީމް، ހޮނިހިރު ދުވަހު އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ހާމަކުރައްވާފައިވެއެވެ.
"އަޅުގަނޑުމެން އެއްބަސްވުމަށް ތަބާވެ، އަދި އަޅުގަނޑުމެންގެ ހުރިހާ ޒިންމާތަކެއް އަދާކޮށްފައިވާނެ،" އޭނާ އިތުރަށް ހާމަ ކުރެއްވިއެވެ.