ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 10:15
މެޗު ގައި ލަނޑު ޖެހުމަށްފަހު އެސްޓަން ވިލާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗު ގައި ލަނޑު ޖެހުމަށްފަހު އެސްޓަން ވިލާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
ފަހަތުން އަރައި އެސްޓަން ވިލާ އިން ޗެލްސީ ބަލިކޮށްފި
މޮޅާއެކު އެސްޓަން ވިލާ އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން 42 ޕޮއިންޓާ އެކު އެވެ. އެސްޓަން ވިލާ އަތުން ބަލިވި ޗެލްސީ ހަ ވަނައިގައި އޮތީ 26 މެޗުން 43 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ޗެލްސީ ބަލިވެއްޖެ އެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޗެލްސީންނެވެ. ނަަމަވެސް އެސްޓަން ވިލާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ. އެއީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ބާާރަ ވަނަ މިނެޓުގައި އެސްޓަން ވިލާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާކޯ އަސެންސިއޯ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަަކަށް ވެފައި ވަނިކޮށް، އަސެންސިއޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން އެސްޓަން ވިލާ މޮޅު ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ރަޝްފޯޑު އެވެ.

- ކޮމެންޓް