ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 10:17
މާލޭގެ މަގެއް ބަންދުކޮށްެގެން ފުލުހުން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ
މާލޭގެ މަގެއް ބަންދުކޮށްެގެން ފުލުހުން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ
ރާއްޖެއެމްވީ
ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދެއްކުން
ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކައި ދާން އުޅުނު ކަމަށް ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއްގެ ބަންދަށް 10 ދުވަސް
ހައްޔަރުކޮށްފައިވަނީ އދ.މާމިގިލި، 23 އަހަރުގެ ޔާޝިން ރަޝީދު
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކައި ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ 20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ވަގުތެއްގައި ބުރުޒު މަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކައި ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހަނދުވަރުދޭގެ، އދ.މާމިގިލި، 23 އަހަރުގެ ޔާޝިން ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ޔާޝިން ރަޝީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް