ކ. މާލެ
|
22 ފެބްރުއަރީ 2025 | ހޮނިހިރު 18:28
ހުސެއިން ހަސަން
ހުސެއިން ހަސަން
ރާއްޖެ އެމްވީ
އެމްޑީޕީ އެތެރޭގެ އިންތިޚާބު
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
މި އިންތިޚާބުގައި ހުސެއިން އަށް 192 ވޯޓު ލިބުނު އިރު ސައުދަށް ލިބިފައިވަނީ 172 ވޯޓް

އެމްޑީޕީ ގއ. ވިލިނގިލި ދާއިރާގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު ވިހި ވޯޓުގެ ތަފާތަކުން ހުސެއިން ހަސަން ކާމިޔާބު ކޮށްފިއެވެ.

ހުކުރު ދުވަހު އޮތް އިންތިޚާބުގައި، ނޫސްވެރިކަމުގެ ދާއިރާ ގައި ކުރިން ހަރަކާތްތެރިވި ހުސެއިން އާ ވާދަ ކުރީ ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސަޢުދު ޙުސައިން އެވެ.

މާލޭގެ އިތުރުން ވިލިނގިލީގައި ވޯޓުލުން ކުރިއަށް ދިޔަ މި އިންތިޚާބުގައި ހުސެއިން އަށް 192 ވޯޓު ލިބުނު އިރު ސައުދަށް ލިބިފައިވަނީ 172 ވޯޓެވެ.

ވާދަވެރި މި އިންތިޚާބުގައި މާލޭގައި ބެހެއްޓި ފޮށިން ގިނަ ވޯޓު ސައުދު ހޯއްދެވި އިރު ހުސެއިން އިންތިޚާބު ކާމިޔާބު ކުރީ ވިލިނގިލީ ފޮށި ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށްގެންނެވެ.

- ކޮމެންޓް