ކ. މާލެ
|
22 ފެބްރުއަރީ 2025 | ހޮނިހިރު 18:33
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި އެންމެ ފުރަތަމަ ބޭއްވި އެއްވުމުގެ ތެރެއިން
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި އެންމެ ފުރަތަމަ ބޭއްވި އެއްވުމުގެ ތެރެއިން
ނުކުތާ
ޒަކިއްޔާ މޫސާ
ޒަކިއްޔާގެ މަރާއި ގުޅިގެން ހޮޅުދޫގެ ފޮލިސް ސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އަޑުއުފުލަނީ
ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައިވޭ
ތަހުގީގުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ބޮޑެތި ސުވާލުތަކެއް ވެސް އުފައްދާފައިވޭ
ފުލުހުންގެ އަމަލުތައް ހުރިގޮތުން ނުރުހުން ފާޅުކޮށް، އެ މަރުގެ ހެކި ނައްތާލި މީހުން ހައްޔަރުކުރުމަށާއި އިންސާފު ހޯދައިދިނުމަށް ދަނީ ގޮވާލަމުން

ޒަހަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގެ ޕޮލިސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އަޑު އުފުލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ހޮޅުދޫގައި ކުރިއަށް ގެންދިއަ މި އެއްވުމުގަައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެ އަޑު އުފުލާފައެވެ.

ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި މި އެއްވުމުގައި ޒަކިއްޔާއަށް އިންސާފު ހޯދާއިދިނުމަށާއި، ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ.

މިއީ ޒަކިއްޔާގެ މަރަށް އިންސާފުނުލިބި ހޮޅުދޫ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލާ ދެވަނަ ފަހަރެވެ. މިފަހަރު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑުއުފުލަމުން ދަނީ ހޮޅުދޫގެ ޕޮލިސް ސްޓޭޝަން ދޮރުމަތީގައެވެ.

ހޮޅުދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މި އެއްވުމުގެ ބައިވެރިން ގޮވާލަމުން ދިޔައީ ޒަކިއްޔާގެ މަރުގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރިކަމަށާއި އެގޮތުން ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ފުލުހުންނަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން މި އެއްވުމުގެ ބައިވެރިން އަޑުއުފުލާ ގޮވާލަމުން ދިއައީ، ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އަވަސްކުރުމަށާއި އަދި އެކަން ކުރި މުޖުރިމުންގެ ހެކިތައް ނައްތާލީ ފުލުހުންގެ ރޭވުމުން ކަމުގައެވެ. އަދި އެ އެންމެން ހައްރުކުރުމަށް ވެސް ބައިވެރިން ދިޔައީ ގޮވާލަމުންނެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދީ އަވަސްކުރޭ. ހެކި ނައްތާލި މީހުން ހައްޔަރުކުރޭ. ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ. ދެން އިތުރަށް ވަގުތެއްވެސް ނުދެވޭނެ. ފުލުހުން އަހަރެމެން ގެ މި އާދޭސް އަޑުއަހާ މިކަމަށް ޖަވާބެއްދީ. ހެކި ނައްތާލީ ނިމާލު. އޭނާ ހައްޔަރުކުރޭ. އެއީ ގާތިލެއް

ހޮޅުދޫ އެއްވުމުގެ ބައިވެރިން

މީގެ އިތުރުން ރައްޔިތުން ގުނބޯ ހައްދަން ނޫޅމަށް ގޮވާލައި ދެން އިތުރަށް ހަނު ނުތިބޭނެ ކަމަށާއި، އިންސާފު ހޯދައިދިނުމަށް އެއްވުމުގެ ބައިވެރިން ގޮވާލާފައިވެއެވެ. އަދި މީގެ އިތުރުން ޒަކިއްޔާގެ މަރާއި ގުޅިގެން ފުލުހުން ހެދީ ހުސް ދޮގު ކަމަށާއި ހުރިހާ ހެއްކެއް ވެސް ވަނީ ނައްތާލާފައި ކަަމަށް އެއްވުމުގެ ބައިވެރިން ބުނެފައިވެއެވެ.

ޒަކިއްޔާ އަކީ ނަފުސާނީ އެއްވެސް މައްސަލައެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އެއީ ވަރަށް ހިތްހެޔޮ، މީޙުންނަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި އަދި ޒަކިއްޔާ އަކީ އަމިއްލައަށް މަރުވި މީހެއް ނޫން ކަމަށާއި އެއީ ސީދާ ވަޅި ހަރައި މަރާލާފައިވާ އެއްވެސް ކުށެއް ނެތް އިންސާނެއް ކަމަށް ބުނެ ހޮޅުދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބައިވެރިން އަޑު އުފުލާފައިވެއެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ނުލިބެނީސް ދެން ގެއަށް ނުވަންނާނެ ކަމަށާއި ވަރަށް ކެއްކުރެވިއްޖެ ކަމަށް ބުނެ އެއްވުމުގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ.

- ކޮމެންޓް