14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 23 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭނެއްގައި ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒީނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލަ އާއި ގުޅިގެންނެވެ.
މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ޒީނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޒީނާ ޓެކްސީއެއްގެ ތެރޭގައި އިންދާ ފުލުހުން ހުއްޓުވި ވަގުތު، މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ 7 ރަބަރު ޕެކެޓް ސީޓް އެ ކާރުގެ އެތެރެއަށް ވައްޓާލާފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު އެޕާޓްމަންޓުގެ އެކްސެސް ކީކާޑާއި ކީޓެގެއް ބޭނުންކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާކަމަށް އަމުރުގައިވެއެވެ.
ޒީނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށް މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ އެހެން މީހުންނަށް ވެސް އެކްސަސް އޮންނަ ތަނެއްކަށް ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.