ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 18:14
ބާރުބޮޑު ސަރަހައްދުތަކުން ވެހިކަލް ޓޯވ ކުރަނީ
ބާރުބޮޑު ސަރަހައްދުތަކުން ވެހިކަލް ޓޯވ ކުރަނީ
ޕޮލިސް
މާލެ
މާލެ އާއި ހުޅުމާލޭގެ މަގުތަކުން 468 އުޅަނދު ނަގައިފި
މިދިޔަ މަހުވެސް 446 އުޅަނދެއް ފުލުހުން ވަނީ ނައްތާލާފަ

މާލެ އާއި ހުޅުމާލޭގެ މަގުތަކުން 468 އުޅަނދު ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފެށި މި ހަރަކާތުގެ ދަށުން، މި ފަހުން ނަގާފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، އިންޖީނުލީ ދެ ފުރޮޅުޅުލީ 432 އުޅަނދާއި، ހަތަރު ފުރޮޅުލީ 33 އުޅަނދާއި، 3 ބައިސްކަލެވެ.

ފުލުހުން ބުނެފައިވަނީ ނަގަމުންދަނީ ގަވައިދާ ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތައް ކަމަށެވެ.

މި ގޮތައް ނަގާ އުޅަނދުތައް ޓޯވޔާޑަށް ގެންދާތާ 7 ދުވަސް ވުމުން ވެރިފަރާތް ހާޒިރުވުމަށް އިއުލާނު ކުރުމަށްފަހު، ދެ މަސް ދުވަހުގެ ތެރޭގައި ވެރިފަރާތް ހާޒިރުނުވާ ނަމަ އުޅަނދުގެ ރަޖިސްޓަރީ ބާތިލު ކުރުމަށް ޓްރާންސްޕޯޓަށް ހުށަހަޅާ އޭގެ ފަހުން އުޅަނދު ނައްތާލައެވެ.

މިދިޔަ މަހުވެސް 446 އުޅަނދެއް ފުލުހުން ވަނީ ނައްތާލާފައެވެ.

- ކޮމެންޓް