ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 09:59
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ބަޔާން މިއުނިކް
ފަހު ވަގުތު ޖެހި ލަނޑާ އެކު، ބަޔާން ގަދަ 16 އަށް
މެޗު އެއްވަރުވީއިރު، މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ބަޔާނުން ހޯދީ އެގްރިގޭޓް ނަތީޖާ 3-2 އިންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ލަނޑާ އެކު، ބަޔާން މިއުނިކުން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ސެލްޓިކްގެ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗު ބަޔާނުން ކާމިޔާބު ކުރީ 2-1 އިންނެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

އެ މެޗުގައި ސެލްޓިކް އިން ވަނީ ފުރަތަމަ ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހި ލަނޑުން، ބަޔާން ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، މެޗުގެ 63 ވަނަ މިނެޓުގައި ސެލްޓިކް އަށް ލީޑު ނަގައިދިނީ ނިކޮލަސް ޚުން އެވެ. އެއީ އެ ޓީމުގެ ޑައިޒެން މައެޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ބަޔާނުން ވަނީ މެޗުގައި ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގައި ލަނޑު ޖެހުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އަލްފަންސޯ ޑޭވިސް އެވެ.

މެޗު އެއްވަރުވީއިރު، މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ބަޔާނުން ހޯދީ އެގްރިގޭޓް ނަތީޖާ 3-2 އިންނެވެ.

- ކޮމެންޓް