ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 01:00
މަޑުއްވަރީ އާއި މީދޫ ދައްކުވައިދޭ ރ.އަތޮޅުގެ ޗާޓުގެ ބައެއް
މަޑުއްވަރީ އާއި މީދޫ ދައްކުވައިދޭ ރ.އަތޮޅުގެ ޗާޓުގެ ބައެއް
ގޫގްލް އަރތް
ރަށްރަށުގެ އިހްތިސާސް
ރ އަތޮޅު ގެ "އުފުލަންދޫ" އަކީ މަޑުއްވަރީ ގެ ބައެއް ކަމަށާއި، "ތާވަތާ" އަކީ މީދޫ ގެ ބައެއް ކަމުގައި ކަނޑައަޅައިފި
މި ގޮތައް ކަނޑައަޅާ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގަރާރެއް ވަނީ ނެރެފައި

މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ "ތާވަތާ" އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ޤަރާރެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެނެސް؛ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް