ރާއްޖޭގައި ޕްރިންޓިންގ އަދި ސްޓޭޝަނަރީ ސާމާނުގެ އިތުރުން އޮފީސް ސާމާނު ވެސް ފޯރުކޮށްދިނުމުގައި ނަން މަޝްޙޫރު، އެމް7 ގްރޫޕުން އެ ކުންފުނީގެ އެންމެ ފަހުގެ ޝޯރޫމް ހުޅުވައިފިއެވެ.
މާލޭގެ ނިކަގަސް ހިނގުމުގައި ހުންނަ މ.މަނަސް ގައި ހުޅުވި އެމް7 ގެ މި ޝޯރޫމް ރަސްމީކޮސް ހުޅުވީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ. އެ ޝޯރޫމް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.
އެމް7 ބުކްސްޓޯރުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ތަޢުލީމީ މުއައްސަސާ ތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތުގެ ސްޓޭޝަނަރީސް، އަދި ނާސަރީން ފެށިގެން ޔުނިވަރސިޓީ ފެންވަރުގެ ދަރިވަރުންނަށް ބޭނުންވާ ތަކެއްޗާއި ކޯޕަރޭޓް އޮފީސްތަކަށް ބޭނުންވާ އަސާސީ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން އެމް7 އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ފޮތްލިސްޓް ފަދަ ތަކެތީގެ ޑެލިވަރީގެ ޚިދުމަތް މިހާރުވަނީ ދޭންފަށާފައެވެ. އެގޮތުން މިހާރު ފަހުން މި ހުޅުވި އެމް7 ޝޯރޫމުންވެސް މި ޚިދުމަތް އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ލިބެންހުންނާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށަކަށް ތަކެތި ވާސިލު ކޮށްދިނުމުގެ ގޮތުން ”އެމް7 ރަށު އޭޖެންޓް“ ނެޓްވޯކް މެދުވެރިކޮށް އެމް7 ގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ލިބުންދާނެއެވެ. އެގޮތުން ސްކޫލް ސީޒަނާއި ދިމާކޮށް ފޮތް ލިސްޓުތަކަށް ފޮތް ދޫކުރުން އަދި ދޯނިފަހަރު މެދުވެރިކޮށް ރަށްރަށަށް ވެސް ތަކެތި ފޯރުކޮށްދޭނެކަމަށް އެމް7 އިން ބުނެއެވެ.
ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަވަމުން އެމް7 ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު އަބްދުއްސައްތާރު ވިދާޅުވީ އަންގާރަ ދުވަހު ހުޅުވިގެން ދިއަ އެމް7 ގެ ޝޯރޫމަކީ މައިގަނޑުގޮތެއްގައި ބުކްޝޮޕްގެ ސްޓޭޝަނަރީ އަށް ކަމަށާއި އެގޮތުން ފޮތާއި ގަލަމާއި ފަންސޫރާއި މިހެން ގޮސް ސްކޫލަށް ބޭނުނަވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނޭ ކަމަށެވެ.
ސައްތާރު ވިދާޅުވީ ސްކޫލު ސީޒަނުގައި މީގެ ކުރިން ކިޔޫ ޖެހިގެން ފޮސް ލިސްޓަށް ފޮތް ނަގަން ޖެހުނަސް މިހާރު އެކަން ވަރަށް ފަސޭހަކޮށް އެމް7 ބުކްސްޓޯރުން ވާން ހުންނާނޭ ކަމަށާއި އެގޮތުން މިހާރު ހުންނާނީ ކުރިއާލައި ފޮތް ލިސްޓު ޕެކް ކުރެވި ފައި ކަމަށެވެ. އެގޮތުން ”އެމް7 ރަށު އޭޖެންޓް“ ނެޓްވޯކް މެދުވެރިކޮށް އެމް7 ގެ މި ޚިދުމަތްތައް މުޅި ރާއްޖެއަށް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްކޫލު ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަކެއްޗާއި ފެންވަރު ރަނގަޅު އަވަސް ޚިދުމަތްތަކެއްދިނުމަކީ އެމް7 ގެ އަމާޒު ކަމަށާއި އަދި ކަސްޓަމަރުންނަށް، އެބޭފުޅުންގެ ދެމެހެއްޓެނިވި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ސްކޫލު ސީޒަނުގައި ފޮތް ނަގަން ބޮޑު ކިޔޫ އެއް ހަދަން ޖެހޭ. ނަމަވެސް މިހާރު އެކަން ވަރަށް ފަސޭހަކޮށް އެމް7 ބުކްސްޓޯރުން ވާން ހުންނާނެ. މިހާރު ހުންނާނީ ކުރިއާލައި ފޮތް ލިސްޓު ޕެކް ކުރެވިފަ އަދި ”އެމް7 ރަށު އޭޖެންޓް“ ނެޓްވޯކް މެދުވެރިކޮށް އެމް7 ގެ މި ޚިދުމަތްތައް މުޅި ރާއްޖެއަށް ވެސް ލިބޭނެ
އެމް7 ގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލްސައްތާރު![]()
މީގެ އިތުރުން ކުންފުނީގެ މައިގަނޑު އަސާސްތައް ބަޔާންކޮށްދެއްވަމުން ސައްތާރު ވިދާޅުވީ އެމް7 ގައި އެންމެ އިސްކަންދެނީ މައިގަނޑު ހަތަރު ދާއިރާއަކަށްކަމަށާއި އެއީ ފެންވަރު ރަނގަޅުތަކެތި، އިތުބާރާއި ޔަގީންކަން، ފަސަހަވާނޭ ގޮތުން އޯގާތެރި ހިނިތުންވުމާއެކު އަވަސް ޚިދުމަތްދިނުންކަމަށެވެ.
އަދި އެމް7 ގެ ޝިޢާރު ކަމުގައިވާ ‘ސިމްޕްލިފައިންގ ސޮލިއުޝަންސް’ އިން ދޭހަކޮށްދެނީ ކަސްޓަމަރުންގެ ހާސްކަންމަށް އެމް7 އިން ހައްލު ހޯދައިދިނުންކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.
މީގެ އިތުރުން އެމް7 ގެ ޕްރިންޓުގެ ޚިދުމަތް ތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިއުނީ ވިދާޅުވީ އެމް7 ޝޯރޫމުގައި އެމް7 ޕްރިންޓަށް ޚާއްސަ ކޯނަރ އެއް ހުންނާނޭ ކަމަށާއި އެތަނުގައި އެމް7 އިން ހަދައިދޭ ބައެއް ކަހަލަ އުފެއްދުންތަކާއި އަދި އެތަނުން ލިބޭ އުފެއްދުންތައް ވެސް ހުންނާނޭ ކަމަށެވެ. އޭގެ ތެރޭގައި ޓްރޮފީތަކާއި ޕްލާކްސްތަކާއި ފްރޭކް ކަހަލަ ތަކެތި ހުންނާނޭ ކަމަށެވެ.
މީގެ އިތުރުން ކަސްޓަމައިސްކޮށް ބޭނުންކުރާ ބޮކްސްތަކާއި ކޮމްޕެނީތަކުގައި ނޫނީ ޝޯރޫމްތަކުގައި ބޭނުންކުރާ ދަބަސްތައް ކަސްމައިސްކޮށް ހެދޭ ބާވަތުގެ ތަކެތިވެސް އެ ކޯނަރ ގައި ފެންނަން ހުންނާނޭ ކަމަށް ޝިއުނީ ވިދާޅުވިއެވެ.
އެމް7 ބުކްސްޓޯރަކީ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭ، އަދި އެމް7 އިން ފޯރުކޮށްދޭ ޚިދުމަތުގެ ފުރިހަމަކަން ދައްކުވައިދޭ ތަނެކެވެ.
ކަސްޓަމަރުންނަށް މި ޝޯރޫމަށް ޒިޔާރަތްކޮށް، އެތަނުގައި ހުރި ތަފާތު އެކި ބާވަތުގެ ތަކެތި ބައްލަވާލައްވައި، އަދި ލޯޔަލިޓީ ޕްރޮގްރާމްގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.