ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 16:12
ރާއްޖެ ތީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ޒަރިޔަންދު ވާހަކަދައްވަނީ
ރާއްޖެ ތީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ޒަރިޔަންދު ވާހަކަދައްވަނީ
ރާއްޖެއެމްވީ
ފަލަސުރުޚީ
ގައުމު ދަރަނިވެރިވެ، ބަނގުރޫޓުވުމާއި ހަމައަށް ގޮސްފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ: ޒަރިޔަންދު
ރައީސް މުއިއްޒުގެ އަމަލުފުޅު އެ ހުރި ގޮތުންނާއި އަދި ދައުލަތުގެ ޚަރަދުތައް މިހާރު އެ ހުރިގޮތުން މި ސަރުކާރުން ފާސްކޮށްފައި އެ އޮތް ބަޖެޓުން ދެކޮޅު ޖެއްސެވިދާނެ ކަމަށް ގަބޫލުނުކުރެވޭ

ރާއްޖޭގެ މާލީ ހާލަތު މިއަދު މިއޮތީ ބިރުވެރި ފައްތަރެއްގައި ކަމަށާއި، ދަރަނިވެރިވެގެންގޮސް ގައުމު ބަނގުރޫޓުވުމާއި ހަމައަށް ގޮސްފި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭނޭކަމަށް ޑިމޮކްރެޓްސް ގެ ފައިނޭންސް އެންޑް ޕަބްލިކް އެކައުންޓިންގ ކޮމިޓީގެ ޗެއާރަމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތާއި މެދު އޮތް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒުގެ އަމަލުފުޅު އެ ހުރި ގޮތުންނާއި އަދި ދައުލަތުގެ ޚަރަދުތައް މިހާރު އެ ހުރިގޮތުން މި ސަރުކާރުން ފާސްކޮށްފައި އެ އޮތް ބަޖެޓުން ދެކޮޅު ޖެއްސެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ މި ސަރުކާރުން މިހާރު ފާސްކޮށްފައި އޮތް 56.6 މިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓެއް މި ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ސަބަބަކީ ޑޮލަރުގެ ރޭޓް މައްޗަށް ދިއުންކަމަށެވެ. އެގޮތުން ނިމިދިއަ އަހަރުގެ މިހާހިސާބާއި އަޅާބަލާއިރު، މިއަދު ޑޮލަރު ރޭޓް ވަނީ ދެ ރުފިޔާވަރު މައްޗަށް ގޮސްފައި ކަމަށެވެ. އެހެން ކަމުން މި ސަރުކާރުން މިހާރު ފާސްކޮށްފައި އޮތް ބަޖެޓުން ފުއްދާލުމަކީ އުނދަގޫ ކަމަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިސް ބަޖެޓުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނިމިދިއަ ސަރުކާރުން ފާސްކުރި ބަޖެޓޭ ކިޔައި ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަތައް ދައްކަމުން އަންނަ ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ 2023 ވަނަ އަހަރު މި ސަރުކާރު އައި އިރު، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓު އޮތީ މަޖިލީހުގައި ރިވިއުކުރަން ފޮނުވާފައި ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން، މި ސަރުކާރަށް ވެސް އެ ބަޖެޓު ރިވިއުކުރަން މަހަކަށް ވުރެ ގިނަ ދުވަސް ލިބުނު ކަމަށެވެ. އަދި ރައީސް އަމިއްލަ ކޮމިޓީއެއް ހައްދަވައިގެން ބަޖެޓުހައްދަވާ ފަރާތްތަކާއި އެކީގައި ބަޖެޓު ރިވިއުކުރަން ވެސް ފުރުސަތު ލިބުނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ މިހާތަނަށް އައި ކޮންމެ ސަރުކާރެއްގައި ވެސް ފުރަތަމަ އަންނަ ތިންމަސްތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާކަމަށާއި އެއީ އެކަން އެގޮތަށް އެ ކުރައްވަނީ އެ ސަރުކާރުތަކުގެ އަމާޒަށް ވާސިލް ވުމަށް ކަމަށް އޭނާ ވިދަޅުވިއެވެ.

އެހެން ކަމުން ކުރިން ފައިބައިގެން ދިއަ ސަރުކާރުތަކުގެ ވާހަތައް ދައްކައި އެ ސަރުކާރުތަކުގެ ބޮލުގައި މި ކަންކަން އަޅުވައި ބޯދަމައިގަނޭވޭނެ އެއްވެސް ޖާގައެއް ނޯންނާނޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ކަމުގެ ހުވާކުރި ދުވަހުވެސް ދައުލަތުގެ ބަޖެޓުގެ ދަރަނި އޮތް މިންވަރު ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވި. އެހެން ކަމުން ރާއްޖޭގެ އަށް މިއަދު އިގްތިސާދީ ގޮތުން ދިމާވާ ހުރިހާކަމަކާއި މާލީ ގޮތުން މި ދިމާވާ ހުރިހާ ނުރައްކަލާއި މާލީގޮތުން ގައުމު ބަނގުރޫޓަކަށް ގޮސްފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ

ޑިމޮކްރެޓްސް ގެ ފައިނޭންސް އެންޑް ޕަބްލިކް އެކައުންޓިންގ ކޮމިޓީގެ ޗެއާރމަން އިސްމާއީލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ ކޮންމެހެން ކުރީސަރުކާރޭ، މިވެނި ސަރުކާރެކޭ ކިޔައިގެން ވާހަކަތައް ދައްކާނެ ޖާގައެއް ނޯންނާނެ ކަމަށާއި ސަބަބަކީ މިއަދު މިކަން ހަވާލުވެފައި އޮތީ ރައީސް މުއިއްޒުގެ ސަރުކާރާއި ކަމަށް ވުންކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ވަރަށް ނުބައި މިސްރާބަކަށް ފުރޮޅިގެން ދާމަންޒަރު މިހާރު ފެންނަމުން ދާކަމަށެވެ.

- ކޮމެންޓް