ފުލުހުންގެ ޚިދުމަަތުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ''ކޮމިޝަންސް އޮފިސަރ ރީ-ޓްރީޓް'' ތަމްރީނުގައި ގިނަ އޮފިސަރުން ބައިވެރިނުވެ މައްސަލަ ގޯސްވެއްޖެއެވެ.
އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތް ދިން ގޮތުގައި މި ތަމްރީން އަކީ ކޮންމެއަހަރަކު އެއްފަހަރު ފުލުހުންގެ އޮފިސަރުންގެ މެދުގައި ކުރިއަށް ގެންދާ ތަމްރީނެއް ކަމަށެވެ. އޮފިސަރުންގެ ރޭންކުގައި ގާތްގަނޑަކަށް 300 ފުލުހުން މަސައްކަތް ކުރި ނަމަވެސް މި ތަމްރީނުގައި 100 އޮފިސަރުން ވެސް ބައިވެރިވެފައި ނުވާކަމަށް މައުލޫމާތްދެއެވެ. ގިނަ އޮފިސަރުން އެކިކަހަލަ އުޒުރު ދައްކައި، ބައިވެރިނުވާ ކަމަށް އެފަރާތުން ބުނެއެވެ.
މިދިޔަ އަހަރުތަކުގައި ހޯމް މިނިސްޓަރުގެ އިތުރުން މަތީ ފަންތީގެ ބޭފުޅުން ބައިވެރިވާކަން ފާހަގަކުރިއެވެ ނަމަވެސް އެފަރާތުން ފާހަގަ ކުރިގޮތުގައި މިފަހަރުގެ ތަމްރީނުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން މަތީ ފަންތީގެ ބޭފުޅުން ވެސއ ބައިވެރިވެފައިނުވާ ކަމަށެވެ.
މިތަމްރީނަށް އެކަށީގެންވާ އޮފިސަރުން ނުދިއުމާއި ގުޅިގެން މައްސަލަ ގޯސްވެފައިވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމިޝަންސް އޮފިސަރ ރީޓްރީޓް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ދ.ވާނީގައެވެ.