ކޯރާޑިއަކުން މީހަކަށް ހަމަލާދީ، މާރާމާރީ ހިންގި ކަމަށް ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މިމަހުގެ 8 ވީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ވަނީ ހަމާލާދިފައެވެ. މިމައްސަލަ ހޮނިހިރު ދުވަހުގެ ރޭ 23:35 ހާއިރު ރިޕޯޓްކޮށްފައިވާއިރު، އެރޭ މިމައްސަލާގެ ތުހުމަތުގައި ހައިވޭ އިން މާލެއަށް ދަނިކޮށް، ހީނާމާގެ، ގދ.ފިޔޯރީ 25 އަހަރުގެ ރުސްތަމް އިބްރާހިމް އަދި ބ.ގޮއެދޫ، 19 އަހަރުގެ ސައިފްﷲ ފައިސަލް ވަނީ ހައްޔަރުކޮށްފައެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ރުސްތުމްގެ ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ސައިފްﷲ ފައިސަލް ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގައި ހަމަލާދިން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.
މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަހުން މާލެސިޓީގައި މާރާމާރީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.