ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 10:46
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ސެވިއްޔާ ބަލިކޮށް ބާސެލޯނާ ލީގު ރޭހުގައި
ބާސެލޯނާ ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 50 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 49 ޕޮއިންޓެވެ. ކޮންމެ ޓީމެއްގެ މެދުގައި ވެސް މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ލީގު ރޭހުގައި ފަރަގު ކުޑަ ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސެވިއްޔާ އިން ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އެ ލަނޑު އޭނާ ޖެހީ އިނީގޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ މިނެޓެއް ފަހުން ރުބެން ވާގަސް ވަނީ ލަނޑު ޖަހައި ސެވިއްޔާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެެއީ ސައުލް ނިހުއޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބާސެލޯނާ އަށް އަލުން ލީޑު ނަގައިދިނީ ފާމިން ލޮޕޭޒް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރީ އެވެ. އޭގެ ނުވަ މިނެޓު ފަހުން ރަފީނިއާ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ބާސެލޯނާގެ ފަހު ލަނޑު ޖެހީ އެރިކް ގާސިއާ އެވެ.

މޮޅާއެކު ބާސެލޯނާ ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 50 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 49 ޕޮއިންޓެވެ. ކޮންމެ ޓީމެއްގެ މެދުގައި ވެސް މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

- ކޮމެންޓް