ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 19:39
ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯތަކެއް. އަގުމައްޗަށް ދާނެކަމަށް ވިޔަފާރިވެރިން ބުނޭ
ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯތަކެއް. އަގުމައްޗަށް ދާނެކަމަށް ވިޔަފާރިވެރިން ބުނޭ
މުހައްމަދު ޝަރުހާން
ލުނބޯ އަގުބޮޑުވުން
ރޯދަ ފަށަން މަދު ދުވަސްކޮޅެއް، ލުނބޯގެ އަގު އަތްނުފޯރާ ފަށުގައި
ވިޔަފާރިކުރާ ފަރާތްތަކުން ބުނަމުންދަނީ ބޭރުން ލުނބޯ ގެނައުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އަދި ގަންނަން ލިބޭ އަގުވެސް ބޮޑު ކަަމަށެވެ. މީގެ އިތުރުން ސަޕްލައި ދަށްވުމުގެ ސަބަބުން އަގުތައް ބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކެއިން ބުއިމުގައި އާންމުކޮށް ބޭނުންކުރާ ލުނބޯގެ އަގު އުފުލި ރޯދަ މަސް ފެށޭއިރުވެސް އަގުތައް ދަށްނުވާނެކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

މާލޭގެ މާރުކޭޓުތަކުގައާއި ބާޒާރުމަތީ ފިހާރަތަކުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 65 ރުފިޔާއަށެވެ. މަދުތަނެއްގައި 60 އަދި 55 ރުފިޔާއަށް ކިލޯއެއް ހުރި އިރު، ވިޔަފާރިވެރިން ބުނީ އަގުތައް އުފުލިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާގައިވެސް އަގުތައް ދަށް ނުވާނެކަމަށް ބެލެވޭ ކަމަށެވެ.

ބާޒާރުގައި ހޯލްސޭލްކޮށް މުދާ ވިއްކާ ފިހާރަތުގައި ވެސް އަގުތައް ހުރީ މި ވަރަށެވެ. އަދި އެ ފަރާތްތަކުން ބުނަމުންދަނީ ބޭރުން ލުނބޯ ގެނައުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އަދި ގަންނަން ލިބޭ އަގުވެސް ބޮޑު ކަަމަށެވެ. މީގެ އިތުރުން ސަޕްލައި ދަށްވުމުގެ ސަބަބުން އަގުތައް ބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ލުނބޯ ނުލިބޭ މި ދުވަސްކޮޅު. ވަރަށް މަދުން ލިބެނެނީ. 100 ރުފިޔާއަށް ކިލޯއެއް އަރައިގެން ގޮސްފައި މިހާރު މިހުރީ 65 ރުފިޔާއަށް ކިލޯއެއް. ދަށްވާނެކަމަށް ލަފާ ނުކުރެވޭ. ހީވަނީ ރޯދަމަހާ ހަމައަށް މި އަގުގައި ހުރެފައި ރޯދަ މަހުގެ އަގު ބޮޑުވާނެހެން. ބޭރުން ލުނބޯ ނުލިބޭ. ގެންނަ މީހުން ދޫކުރަނީ މަދުން. އަގުތަކަށް ބަދަލެއް ނާންނާނެ.
ވިޔަފާރިވެރިން

ރޯދަމަހާއި ދިމާކޮށް މާލޭގެ މާރުކޭޓުގައި ލިބެން ހުންނަ ޒަރޫރީ ތަކެތީގެ އަގުތައް ދަށްކުރާނެކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް، ވިޔަފާރިވެރިން ބުނަނީ އެގޮތަށް އެކަން ނުވާނެ ކަމަށެވެ.

ރަމަޟާން މަހަކީ ލުނބޯގެ ޑިމާންޑް އެންމެ ބޮޑު އެއް މޫސުން ކަމަށްވުމާއެކު، އެ މަހުގައި ލުނބޯގެ އަގު މިހާރަށްވުރެވެސް މައްޗަށް ދާނެކަމަށް ވިޔަފާރިވެރިން ވަނީ އިންޒާރު ދީފައެވެ.

- ކޮމެންޓް