މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި 2 މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8:17 ހާއިރު މާލެ ވައިލެޓް މަގު ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މާރާމާރީ ހިންގަން މަސައްކަތް ކުރި ދެމީހަކާއި، 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މާލޭގައި ހިންގަން އުޅުނު މާރާމާރީއެއް ހޮނިހިރު ދުވަހުގެ ރޭ ހުއްޓުވާފައިވާއިރު، ހުޅުމާލޭގައި މީހަަކަށް ކޯރާޑިއަކުން ހަމަލާދީ މާރާމާރީއެއް ހިންގާފައިވެއެވެ. އަދި މި ދެމައްސަލާގައި އެއްވެސް ގުޅުމެއްވާކަން ނުވަތަ ނުވާކަން ފުލުހުން ކަށަވަރުކޮށްދީފައިނުވެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފަހަކަށް އައިސް މާލެސިޓީގައި މާރާމާރީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.