އދ. ހަންޏާމީދޫ ޑަބްލިޔުޑީސީ ބައި-އިލެކްޝަން ޕީއެންސީ ކެންޑިޑޭޓް ސަފާ އަބްދުއްރަހީމް ބަލިކޮށް އެމްޑީޕީ ކެންޑިޑޭޓް ޚަދީޖާ އިބްރާހީމް ކާމިޔާބު ކޮށްފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އދ. ހަންޏާމީދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަންގައި ވާދަކުރީ ސަރުކާރު ހިންގާ މައި ޕާޓީގެ ފަރާތުން އދ. ހަންޏާމީދޫ، ހިޔާވަހި، ސަފާ އަބްދުއްރަހީމް އާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީން އދ. ހަންޏާމީދޫ، ޕެންޒީމާގެ، ހަދީޖާ އިބްރާހިމްއެވެ.
އެގޮތުން ހަދީޖާ ބައި-އިލެކްޝަން ކާމިޔާބުކުރީ 47 ވޯޓުގެ ތަފާތުންނެވެ. އެގޮތުން ހަންޏާމީދޫ ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހަދީޖާއަށް ލިބުނީ 111 ވޯޓެވެ. އަދު ސަފާއަށް ލިބުނީ 82 ވޯޓެވެ. މީގެ އިތުރުން މާލޭގައި ބެހެއްޓުނު ވޯޓ ފޮށީގެ ނަތީޖާއަށް ބަލާއިރު، ހަދީޖާއަށް ލިބުނީ 47 ވޯޓެވެ. އަދި ސަފާއަށް ލިބުނީ 29 ވޯޓެވެ.
ދެ ފޮށިން ވެސް ކުރި ހޯދާފައިވަނީ ހަދީޖާއެވެ.