ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 11:38
ސާމިރު ނަސްރީ ސިޓީގެ ބައެއް ކުޅުންތެރިންނާއި އެކު
ސާމިރު ނަސްރީ ސިޓީގެ ބައެއް ކުޅުންތެރިންނާއި އެކު
ގޫގުލް
ކުޅިވަރު
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ
ނަސްރީ ބަދަލުވީ 3.2 މިލިއަން ޕައުންޑަށް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ފްރާންސްގެ އެޓޭކިން މިޑްފީލްޑަރ ސާމިރު ނަސްރީ، ތުރުކީގެ ކްލަބެއް ކަމަށްވާ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެއެވެ.

ނަސްރީ އަންޓަލަޔަސްޕޯއަށް ބަދަލުވީ ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން 3.2 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އުމުރުން 30 އަހަރުގެ ނަސްރީ ސިޓީއާ ގުޅިފައިވަނީ 2011 ވަނަ އަހަރު އާސެނަލްއިން 25 މިލިއަން ޕައުންޑަށެވެ.

ނަސްރީ، ފަސް ސީޒަނަން ސިޓީގައި ހޭދަކޮށްފައިވާއިރު އޭނާވަނީ އެކުލަބަށް 124 މެޗު ކުޅެދީ 18 ގޯލް ޖަހައިދީފައެވެ. އަދި ނަސްރީ ވަނީ އެޓީމާއެކު ޕްރިމިއަރ ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކުރުމުގެ އިތުރުން  އިނގިރޭސި ލީގު ކަޕެއްވެސް އެ ކްލަބާއެކު ހޯދާފައެވެ.

ނަސްރީ އަންޓަލަޔަސްޕޯއަށް ބަދަލުވީ ނިމިގެން ދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން ސްޕެއިންގެ ސެވިއްޔާއަށް ކުޅުމަށްފަހުގައެވެ.

ނަސްރީގެ އިތުރުން އަންޓަލަޔަސްޕޯއަށް ކުޅެމުންއަންނަ ބައެއް މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ސެމިއުލް އެޓޫ، ޖެރެމީ މެނޭޒް ހިމެނެއެވެ.

ނަސްރީއަކީ ވަރަށް ޒުވާން އުމުރުގައި ފްރާންސްގެ ގައުމީޓީމަށް ކުޅުންހުއްޓާލަފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ފްރާންސްގެ ގައުމީޓީމަށް ކުޅުންހުއްޓާލީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތައް ފްރާންސްއިން ނެގި ސްކޮޑުން އޭނާ ބާކީ ކުރުމާއި ގުޅިގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް