ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 10:53
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ
ރައްޔިތުންގެ މަޖިލިސް
ފުލެޓް ހަވާލުކުރުން
ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފުލެޓް ހަވާލުކޮށް ނިންމާނަން - ރައީސް
4000 މީހުންގެ ލިސްޓާއިމެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް އެ ލިސްޓް ހައްލުކުރަންޖެހިފައިވުމަކީ ސަރުކާރަށް އޮތް ބޮޑު ހައްސާސީ މައްސަލައެއް
މި މަހުގެ ތެރޭގައި ލިސްޓް އިއުލާން ކުރެވިގެންދާނެ
މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި އެ ހުރިހާ ފުލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކޮށް ނިންމާލެވޭނެ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދިން 4000 ފުލެޓް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކޮށް ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މި އަހަރު ސޯޝަލް ހައުސިންގެ އައު މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން އިންޑިއަން އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްދާ 4000 ފުލެޓް ނިންމުމާއި، އަދި އެ ފުލެޓް ލިބޭނެކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެ ލިސްޓާއިމެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް އެ ލިސްޓް ހައްލުކުރަންޖެހިފައިވުމަކީ ސަރުކާރަށް އޮތް ބޮޑު ހައްސާސީ މައްސަލައެއް ކަމަށެވެ.

ރައީސް ވިދާޅުވީ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ނިމި މި މަހުގެ ތެރޭގައި ލިސްޓް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި ފުލެޓްތައް ނިމެމުންދާ މިންވަރަކުން ފުލެޓްތައް ލިބޭ މީހުންނަށް އެ ހަވާލުކުރަމުން ގޮސް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި އެ ހުރިހާ ފުލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކޮށް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް