ކ. މާލެ
|
21 ޖެނުއަރީ 2025 | އަންގާރަ 09:15
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ވުލްވްސް ބަލިކޮށް، ޗެލްސީ އަށް ހަމަޖެހުމެއް
ލީގުގައި ޗެލްސީ އަށް މޮޅެއް ހޯދިފައި ވަނީ ފަސް މެޗު ފަހުންނެވެ. ވުލްވްސް މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ޗެލްސީ މޮޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެފައިވާއިރު، ދެ މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ހަމަޖެހުމެއް ހޯދައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ލީޑު ހޯދާފައި ވަނިކޮށް، ވުލްވްސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެން ޗެލްސީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޗެލްސީ އަށް ކުރި ހޯދައިދިނީ ޓޮސިން އަޑަރަބިއޯޔޯ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވުލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަޓް ޑޮހާޓީ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އަލުން ޗެލްސީ އަށް ލީޑު ނަގައިދިނީ މާކް ކުކުރެއްލާ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ކިއާމަން ޑެވްސްބަރީ ހޯލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަސް މިނެޓު ފަހުން ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ނޯނޭ މަޑުއޭކޭ އެވެ.

ލީގުގައި ޗެލްސީ އަށް މޮޅެއް ހޯދިފައި ވަނީ ފަސް މެޗު ފަހުންނެވެ. ވުލްވްސް މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ޗެލްސީ މޮޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެފައިވާއިރު، ދެ މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ.

ލީގު ތާވަލްގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސް ވަނައިގައިި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 38 ޕޮއިންޓެވެ. ލީގުގައި ދެން ޗެލްސީ އަށް އޮތީ ވެސް ސިޓީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް