ކ. މާލެ
|
17 ޖެނުއަރީ 2025 | ހުކުރު 21:00
2025 ޖެނުއަރީ 11 - ޔޫކްރެއިންގެ އިރުދެކުނު ސަރަހައްދުގެ ޒާޕޮރިޒްޒިއާ ސަރަހައްދުގައި ރަޝިޔާ ސިފައިން ހަރަކާތްތެރިވަނީ
2025 ޖެނުއަރީ 11 - ޔޫކްރެއިންގެ އިރުދެކުނު ސަރަހައްދުގެ ޒާޕޮރިޒްޒިއާ ސަރަހައްދުގައި ރަޝިޔާ ސިފައިން ހަރަކާތްތެރިވަނީ
ގެޓީ އިމޭޖަސް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ ސިފައިންނާ އެކު ޔޫކްރެއިންގައި ހަނގުރާމައިގައި ބައިވެރިވި 12 އިންޑިއާ މީހުން މަރުވެއްޖެ
ހަނގުރާމަ އަށް މީހުން ގެންދާ އިންސާނީ ވަގުފާރީގެ ނެޓްވޯކެއް ދެނެގަނެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފައިވޭ.

ރަޝިޔާގެ ހަނގުރާމަވެރިންނާ އެކު ހަނގުރާމައިގައި ބައިވެރިވި މީހުންގެ ތެރެއިން މަދުވެގެން 12 އިންޑިއާ މީހުން މަރުވެއްޖެކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ހުކުރު ދުވަހު ބުނެފައިވަނީ އިތުރު 18 މީހުން އަދިވެސް އެ އަސްކަރިއްޔާގައި ޚިދުމަތުގައި ތިބި ކަމަށް ބެލެވޭ ކަމަށާއި، އޭގެ ތެރެއިން 16 މީހުން "ގެއްލިފައިވާ" މީހުންގެ ގޮތުގައި ރަޝިޔާ އިން ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޔޫކްރެއިން ގައި ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ފައުޖުގައި ބައިވެރިވުމަށް، ވަޒީފާގެ ފުރުޞަތު ލިބޭނެ ކަމަށް ބުނެ ޒުވާނުން ރަޝިޔާ އަށް އިންޑިއާ މީހުން ގެންދިއުމަށް ހިންގަމުންދިޔަ ބޮޑު އިންސާނީ ވަގުފާރީގެ ނެޓްވޯކެއް ފާހަގަކުރެވިފައިވާ ކަމަށް އިންޑިއާ އިން ވަނީ ފާއިތުވި އަހަރު ބުނެފައިވެއެވެ.

- ކޮމެންޓް