ކ. މާލެ
|
5 ޖެނުއަރީ 2025 | އާދީއްތަ 11:34
ޗެރިޓީ ޝީލްޑު ކާމިޔާބު ކުރި ގަމު ޓީމު
ޗެރިޓީ ޝީލްޑު ކާމިޔާބު ކުރި ގަމު ޓީމު
އިމޭޖަސް.އެމްވީ
ގޯލްޑަން ފުޓްސަލް ޗެލެންްޖު 2025
ގަމުން، ގޯލްޑަންގެ ޗެރިޓީ ޝީލްޑު ކާމިޔާބު ކޮށްފި
ޗެރިޓީ ޝީލްޑު ކާމިޔާބު ކުރި ގަން ޓީމަށް ވަނީ 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. ޗެރިޓީ ޝީލްޑު މެޗުން ލިބުނު ފައިސާ ހަދިޔާކޮށްފައި ވަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބ.އޭދަފުށި ބަލިކޮށް، ލ.ގަމުން ޗެރިޓީ ޝީލްޑު ކާމިޔާބު ކޮށްފި އެވެ.

މިދިޔަ އަހަރު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ވެސް ބައްދަލު ކޮށްފައި ވަނީ އޭދަފުއްޓާއި، ގަމެވެ. ފައިނަލްގައި ގަން ބަލިކޮށް އޭދަފުށިން ވަނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު ކުޅުނު ގޯލްޑަންގެ ޗެރިޓީ ޝީލްޑު މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ގަމުންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑު މެޗު ގަމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިފަ އެވެ. މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގައި ގަމުން އެ ޓީމުގެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ގަމަށް ލަނޑު ޖަހައިދިނީ ޢަބްދުﷲ ޖުނައިދު އެވެ. އެއީ އެ ޓީމުގެ އަޙުމަދު ޙަލީމް (އައްމަޑޭ) ދިން ބޯޅައެއްގައި ޖުނައިދު ޖެހި ލަނޑެކެވެ.

ޗެރިޓީ ޝީލްޑު ކާމިޔާބު ކުރި ގަން ޓީމަށް ވަނީ 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. ޗެރިޓީ ޝީލްޑު މެޗުން ލިބުނު ފައިސާ ހަދިޔާކޮށްފައި ވަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށެވެ.

- ކޮމެންޓް