ކ. މާލެ
|
4 ޖެނުއަރީ 2025 | ހޮނިހިރު 10:17
މި ސަރުކާރުގައި މާލީގެ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް
މި ސަރުކާރުގައި މާލީގެ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް
ރާއްޖެއެމްވީ
ރައީސް އެ ހުންނެވީ ބަޔަކުލައްވައި ވައްކަންކޮށްގެން
ރައީސް މަޤާމުގައި އެ ހުންނެވީ ބަޔަކު ލައްވައި ވައްކަން ކުރުވައިގެން މުއްސަނދިވުމަށް: ޔައުޤޫބް
ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ސަރުކާރެއް ވެއްޖެއްޔާ އެ ބޭފުޅުންގެ މައިގަނޑު ވިސްނުމާއި ސިޔާސަތަކީ އަބަދުވެސް ގައުމު ލުޓުވާލައި ވައްކަން ކުރުން

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު މަޤާމުގައި އެ ހުންނެވީ ބަޔަކު ލައްވައި ވައްކަން ކޮށްގެން މުއްސަނދިވުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ބޮޑެތި ވައްކަން ތަކާއި ހިޔާނާތުގެ މައްސަލަތަކާއި ގުޅުވައި ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔައުޤޫބް ވިދާޅުވީ ޕީއެންސީގެ ވެރިކަމެއް ވެއްޖެއްޔާ އެބޭފުޅުން ސިޔާސަތަކަށް ވާނީ އަބަދުވެސް ގައުމު ލޫޓުވާލައި ވައްކަން ކުރުން ކަމަށާއި އެގޮތުން މީގެ ކުރިން ޕީޕީއެމުން ކުރި ވެރިކަމުގައި ވެސް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާއާއި އެކު އެމްއެމްޕީއާރުސީ ލޫޓުވާލައި ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށެވެ.

ޔައުޤޫބް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރަކަށް ފަހު އައި އެމްޑީޕީގެ ވެރިކަމަށް ފަހު ދެން އަނެއްކާވެސް މިހާރު މިއޮތީ ޕީއެންސީ ކޯލިޝަންގެ ވެރިކަމެއް ކަމަށާއި މި ބޭފުޅުންގެ ސިޔާސަތަކީ ސީދާ ދައުލަތް ލޫޓުވާލައި ވައްކަން ކުރުން ކަމަށެވެ.

ޔައުގޫބް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވެރިކަމަށް އަންނަނީ ދުރާލައި ރައްޔިތުންނަށާއި ގައުމަށް ފައިދާހުރި ކަންކަން ރާވައިގެން ކަމަށާއި އެގޮތުން ދެފުއްފެންނަ ގޮތަށް ކަންކަން ބައްޓަން ކުރުމާއި ރައްޔިތުން ބާރުވެރިވުމަށް ކުރަންޖެހޭ ކަންކަން ހިމެނޭކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީން ވެސް ވެރިކަމަށް އަންނައިރު، ދުރާލާ ގިނަ ކަންކަން ރާވާނެ ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ރޭވުމަކީ ނުވަތަ ސިޔާސަތަކަށް ވާނީ ސީދާ ގައުމު ލޫޓުވާލައި ވައްކަން ކުރުންކަމަށް ޔައުޤޫބް ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވެރިކަމުގައި އެ ހުންނެވީ ބަޔަކު ލައްވައި ވައްކަން ކުރުވައިގެން މުއްސަނދި ވުމަށް ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

ހަގީގަތުގައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ސަރުކާރެއް ވެއްޖެއްޔާ އެ ބޭފުޅުންގެ މައިގަނޑު ވިސްނުމާއި ސިޔާސަތަކީ އަބަދުވެސް ގައުމު ލުޓުވާލައި ވައްކަން ކުރުން. އެކަން ފެނިގެން ދިޔަ މީގެ ކުރިން ޕީޕީއެމް ސަރުކާރުންވެސް، 3 ބިލިއަން ރފުިޔާގެ ބޮޑު ވައްކަމެއް. އަދި އެއީ އަންދާޒާ ކުރެވުނު ވަރު. އަދި އަންދާޒާ ކުރެވޭ ވަރު އޭގެ އެތައް ގުނައެއް ހުންނާނެ. އެމްއެމްޕީއާރުސީ ގެ ވައްކަމުގެ މައްސަލަ، އެއީ މުޅި ދައުލަތް ލޫޓުވާލެވިގެން ދިޔަ ވެރިކަމެއް އެއީ. އޭގެ ފަހުން އަނެއްކާވެސް އެމްޑީޕީ ވެރިކަމަށް ފަހު، ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް މިއައީ، މި މީހުންގެ މައިގަނޑު ސިޔާސަތަކީ ހަމަ ސީދާ ވައްކަން.
ޔައުޤޫބް ވިދާޅުވި

ޔައުޤޫބް އިތުރަށް ވިދާޅުވީ އެ ބޭފުޅުން ވައްކަން ކުރަން ފަސޭހަކުރަން ރާވާ ކަންކަމުގެ ތެރޭގައި މިހާރު އެންމެ ބޮޑަށް މި ފެންނަނީ ވައްކަމުގެ މައްސަލަތަކުގެ ވާހަތައް ދައްކާ، ނޫސްވެރިންނާއި ރައްޔިތުންގެ އަޑުކަނޑުވާލުން ކަމަށެވެ. އެހެން ނަމަވެސް އެ ވައްކަންތަކާއި ދެކޮޅަށް އަޑު އުފުލާމީހުންގެ އަޑު ކަނޑުވާލުމަކީ ވެސް އުނދަގޫކަމަަކަށް ވާނެކަމަށެވެ. ނަމަވެސް ވައްކަމާއި ގުޅޭ މައްސަލަތައް ބަލަން މި އޮންނަނީ އެންޓިކޮރަޕްޝަން ކޮމިޝަން މަކަށާއި އެހެނަސް އެ ކޮމިޝަންގެ މެމްބަރެއްވިޔަސް އަދި ރައީސް ވިޔަސް ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރާ ބޭފުޅަކަށް މި އޮންނަނީ ހަދާފައި ކަމަށެވެ.

ޔައުޤޫބް ވިދާޅުވީ ފެހި ޤާނޫނު އަސާސީ ވޫޖޫދަށް އައި ފަހުން، މިހާތަނަސް އެއްވެސް ބަޔަކަށް ކުރަން ނުކެރި އޮތް ކަމަކީ އެ ޤާނޫނު އަސާސީއަށް ބަދަލުގެނެސް އަމިއްލަ ބާރުތައް މުށުތެރެއަށް ލުމުގެ މަސައްކަތް ކަމަށާއި ނަމަވެސް މި ސަރުކާރު އައިސް އެކަން ވެސް އެއްވެސް ޖެހިލުމެއް ނެތި ކޮށްފައިވާ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބް ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮތް ނޫސްވެރިން ނުވަތަ ނޫސްތައް ވެސް އޮތީ މި ސަރުކާރުން ފައިސާދީގެން ގަނެލާފައި ކަމަށެވެ. އެހެން ކަމުން މަދު ނޫހެއް ނޫނީ މި ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަތައް މިހާރު ނުދައްކާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް