ކ. މާލެ
|
29 ޑިސެންބަރ 2024 | އާދީއްތަ 16:51
ފަށް ފޭރުނު މީހާ
ފަށް ފޭރުނު މީހާ
މޯލްޑިވްސް ޕޮލިސް
ފޭރުމުގެ މައްސަލަ އެއް
މާލޭ މަގުމަތިން އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާ ކުށަށް އިއުތިރާފްވެ، ބަދަލު ދޭން އެއްބަސްވެއްޖެ
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވ. ފިޔަބަރި، ހަސަން އިސާމު، 30

މާލޭ މަގުމަތިން އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާ ކުށަށް އިއުތިރާފްވެއްޖެއެވެ.

މި މައްސަލަ އަކީ މި ޑިސެމްބަރު 19 ވަނަ ދުވަހު މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މައްސަލަ އެކެވެ.

އެ ފަށް ފޭރުނު މީހާ ވަނީ ކުށަށް އިއުތިރާފުވެ އެކަމުގެ ބަދަލު ދޭން އެއްބަސްވެފައެވެ.

މި މައްސަލައިގެ ކޯޓު އަމުރުން އެނގޭ ގޮތުގައި މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ ކުށުގެ ރެކޯޑް އޮތް މީހެކެވެ.

މި މައްސަލަ އާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އެނގޭ ގޮތުގައި ފަށް ފޭރިގަތީ ހެލްމެޓު އަޅައިގެން ހުރެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވ. ފިޔަބަރި، ހަސަން އިސާމު، 30އެވެ.

އޭނާ ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާ ފޭރުނު ފަށް އަތުގައި ނެތް ކަމަށް ހާމަކޮށްފައެވެ.

އެހެން ނަމަވެސް ފަށަށް ބަދަލު ދޭން ތައްޔާރުކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ އޭނާ އައިއޯ އަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ހޮނިހިރު ދުވަހު ޖަހާދީފައެވެ.

އެ އަންހެން މީހާ ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުން އެހެން ސައިކަލެއްގައި އައިސް އަންހެން މީހާ އާއި އަރާހަމަކުރުމަށް ފަހު ފަށް ޖަހައިގަންނަ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

- ކޮމެންޓް
29 ޑިސެންބަރ 2024 | އާދީއްތަ 17:16
ޖުހާ
ޓިކަހަލަ މީހުން ކަށައްއިެުތިރާފުވިޔަސް ދޫކޮއްނުލާ ގާނޫނުގަ އޮންނަހުކުމް އިއްބާދެންތިކަހަލަ މީހުނައްފިލާވަޅަކައްވެ އެކަހަލަ ކަންތައް މުގުތަމައުން ހުއްޓެންގެހޭ