ކ. މާލެ
|
29 ޑިސެންބަރ 2024 | އާދީއްތަ 06:39
ގެއްލިގެން ހޯދި ޙުސެއިން މުޙައްމަދު. ފޮޓޯ: ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕް
ގެއްލިގެން ހޯދި ޙުސެއިން މުޙައްމަދު. ފޮޓޯ: ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕް
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕް
ގެއްލިގެން ހޯދި އުމްރާވެރިޔާ
ގެއްލިގެން ހޯދަމުންދިއަ ޢުމްރާވެރިޔާ ފެނިއްޖެ
ގެއްލިގެން ހޯދީ ޢުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީ
އުމްރާ އަޅުކަމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިއަ މީހާ ފެނުނުކަން ހާމަކުރީ އިސްލާމިކް މިިނިސްޓަރ

ޢުމްރާގެ އަޅުކަމަށް ގޮސްއުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޔަލަމްލަމް ހައްޖު އެންޑް ޢުމްރާ ގުރޫޕާއެކު ސައުދީ ޢަރަބިއްޔާއަށް ދިޔަ ޏ. ފުވައްމުލަށް/ ސްޓެއްލާ، ޢުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީއެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ ސަޢުދީއަށް ދިޔައީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ މިހާރު ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އުމްރާ އަޅުކަމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިއަ މީހާ ފެނުނުކަން މިނިސްޓަރ ޝަހީމް ހާމަކުރެއްވީ "އެކްސް" ގައި ކުރެއްވި މެސެޖެއްގައެވެ.

ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ ފެނިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ. ޙާލު ރަނގަޅު
މިނިސްޓަރު ޝަހީމް

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސައިން ގެއްލުނީ ޢުމްރާގެ އަޅުކަން ފުރިހަމަ ކުރިފަހުންކަމަށާއި އޭރު އޭނާ ހުރީ އިހުރާމުގައި ކަމަށެވެ. އަދި ކަރުގައި ޔަލަމްލަމް ގުރޫޕުގެ ފާސް ވެސް އަޅާފައި އޮތްކަމަށްވެސް އެ ގުރޫޕުން ބުނެފައިވެއެވެ.

- ކޮމެންޓް