ކ. މާލެ
|
27 ޑިސެންބަރ 2024 | ހުކުރު 11:01
ހުޅުމާލެ ފޭސް-2ގައި ހިނގި އެކްސިޑެންޓް
ހުޅުމާލެ ފޭސް-2ގައި ހިނގި އެކްސިޑެންޓް
ސޯޝަލް މީޑިއާ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ހުޅުމާލޭ ފޭސް--2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނެއްގެ ހާލު ސިރިއަސް ވެއްޖެ
މި އެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 01:50 ހާއިރު
އަނިޔާވެފައިވަނީ 18 އަހަރުގެ ޒުވާނަކަށް
ސައިކަލަށާއި، ފުލުހުންގެ ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

ހުޅުމާލޭ ފޭސް--2ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 01:50 ހާއިރު ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި، އަނިޔާވެފައިވަނީ 18 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އަނިޔާވިމީހާގެ ހާލު ސީރިއަސްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ އެޒުވާނާ ދުއްވާފައި ދިޔަ ސައިކަލު ފުލުހުންގެ ކާރެއްގައި ޖެހިގެންނެވެ. ސޯޝަލް މީީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ކާރުގެ ކުރީކޮޅަށާއި، ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ވެސް ހާމަކޮށްފައިނުވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ

- ކޮމެންޓް