ކ. މާލެ
|
25 ޑިސެންބަރ 2024 | ބުދަ 22:35
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ހަމަނުޖެހުމުގެ ވީޑީއޯގެ ސްކްރީން ޝޮޓެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ހަމަނުޖެހުމުގެ ވީޑީއޯގެ ސްކްރީން ޝޮޓެއް
ރާއްޖެއެމްވީ
އެއާޕޯޓުގައި ހަމަނުޖެހުން ހިންގުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެކަކު ހައްޔަރުކޮށްފި
މިމައްސަލާގެ ރިޕޯޓު ބުދަ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު ލިބިފައިވޭ
ހަމަނުޖެހުން ހިންގާފައި ވަނީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ސްރީލަންކާގެ ބައެއް
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ހަމަނުޖުމަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގެ ރިޕޯޓު ބުދަ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހަމަނުޖެހުން ހިންގާފައި ވަނީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ސްރީލަންކާގެ ބައެއްގެ މެދުގައި ކަމަށާއި، މި މާރާމާރީ ހިނގާފައި ވަނީ ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓުގައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެއާޕޯޓުގައި ހަމަނުޖެހުން ހިންގާފައިވާއިރު، އެވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކަކު އަނެކަކުގެ ގައިގަ ޖަހާ މަންޒަރު ފެންނެއެވެ. އަދި އެމީހުން ދުރުކުރުމުގެ މަސައްކަތް ވެސް ކުރާ މަންޒަރު ފެނެއެވެ. އެވަގުތު އެސަރަހައްދުގައި ފުލުހުންނާއި، އެއާޕޯޓުގެ އޮފިޝަލުން ވެސް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

- ކޮމެންޓް