ކ. މާލެ
|
22 ޑިސެންބަރ 2024 | އާދީއްތަ 09:17
މާލެ ސިޓީ
މާލެ ސިޓީ
ސޯޝަލް މީޑިއާ
މާލޭ
ގަލޮޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ނިޔާވެފައި ވަނީ މާލެ، ގ.ބިއުޓީވިލާ، އުމުރުން 45 އަހަރުގެ ދާވޫދު ޖިމްރީޒް ކަމަށް ފުލުހުން ވަނީ ބުނެފައި

މާލޭގެ ގަލޮޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާ ތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ، ގަލޮޅު ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައިވާ މީހެއް އޮތް ކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 01:27 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ އައިޖީއެމްއެޗް އަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ނިޔާވެފައި ވަނީ މާލެ، ގ.ބިއުޓީވިލާ، އުމުރުން 45 އަހަރުގެ ދާވޫދު ޖިމްރީޒް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ އެ ޚިދުމުގެ ފަރާތުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހެއް ފެނިފައިވާއިރު، ހޮނިހިރު ދުވަހު ހަވީރު 05:02ގައި ވެސް ގ.ފްރެސް ލައިޓަށް ނިސްބަތްވާ 35 އަހަރުގެ އަލީ ރަޝީދު ކިޔާ މީހަކު މަރުވެފައި އޮތްވާ ވަނީ ފެނިފައެވެ.

- ކޮމެންޓް