ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 08:28
ނާޒްމީ ސައީދުގެ ބައްޕަ މުހައްމަދު ސައީދު
ނާޒްމީ ސައީދުގެ ބައްޕަ މުހައްމަދު ސައީދު
ރާއްޖެއެމްވީ
ނާޒްމީ ސައީދު
ނާޒްމީ ސައީދުގެ ބައްޕަ ނިޔާވެއްޖެ
ނިޔާވިއިރު އުމުރަކީ 69 އަހަރު
ނިޔާވީ ވާދޫގައި
އަންބަކާއި ހަ ފިރިހެން ދަރިން އަދި ތިން އަންހެން ދަރިން ދުނިޔޭގައި އެބަ ތިވި

ރާއްޖެޓީވީގެ އެގްޒެކްޓިކް ޑައިރެކްޓަރ ނާޒްމީ ސައީދުގެ ބައްޕަ, ގދ.ވާދޫ ކެނެރީވިލާ މުހައްމަދު ސައީދު ނިޔާވެއްޖެއެވެ.

ސައީދު ނިޔާވެފައިވެފައި ވަނީ ނޭވާލާން އުނދަގޫ ވެގެން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:45ގައި ވާދޫ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، މެންދަމު 3:30 ހާއިރު އެވެ.

ސައީދަކީ ފާއިތުވި ވިހި އަހަރުގައި ވެސް ވިޔަފާރި ކުރަމުން އައި ބޭފުޅެކެވެ. ވާދޫގެ ރ.ކ ކޮމިޓީގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ސައީދަކީ ރަށުގެ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. ވަޑާން ކުރުމާއި ރޭނުމުގެ މަސައްކަތް ކުރާއިރު، ރަށުގެ ސަޤާފީ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވީ ސައީދެވެ. އަދީ އޭނާއަކީ ކުޅަދާނަ ޝާއިރެކެވެ.

 

އުމުރުން 69 އަހަރުގައި ސައީދު ނިޔާވިއިރު ހަ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 އޯގަސްޓް 2017 | އާދީއްތަ 12:44
މަރިޔަމް
އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން...