ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 12:43
ޓޮޓެންހަމްއާއި އަލަށް ގުޅުނު ޑިފެންޑާރ ސަންޗޭޒް
ޓޮޓެންހަމްއާއި އަލަށް ގުޅުނު ޑިފެންޑާރ ސަންޗޭޒް
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
އަޔަކްސްގެ ޑިފެންޑާ ސަންޗޭޒް ޓޯޓެންހަމްއަށް ސޮއިކޮށްފި
ސަންޗޭޒް ޓޮޓެންހަމްއަށް ސޮއިކޮށްފައިވަނީ 42 މިލިއަން ޕައުންޑަށް
އޭނާވަނީ ޓޮޓެންހަމްއާ އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ

ނެދަލޭންޑްސްގެ އަޔަކްސްއަށް ކުޅެމުން އައި ކޮލަމްބިއާގެ ޒުވާން ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ޓޯޓެންހަމްއަށް ސޮއިކޮށްފިއެވެ.

ޓޮޓެންހަމްއަށް ސަންޗޭޒް ސޮއިކޮށްފައި ވަނީ 42 މިލިއަން ޕައުންޑަށެވެ. މިއީ ޓޮޓެންހަމްއިން އެ ކްލަބަށް މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ރިކޯޑް އޮތީ މިދިޔަ ސީޒަނުގައި 30 މިލިއަން ޕައުންޑަށް ގެނައި ސިސޯކޯ އަތުގައެވެ.

ސަންޗޭޒް ވަނީ ޓޮޓެންހަމްއާ އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މި ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމްއިން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ޓޯޓެންހަމްއަށް ސޮއިކުރުމަށް ފަހު ސަންޗޭޒަ ބުނެފައި ވަނީ ޓޮޓެންހަމް ކަހަލަ ޓީމަކަށް ސޮއި ކުރެވުމުން ވަރަށް އުފާވާ ކަމަށާއި އެ ޓީމުގެ ކޯޗާއި ކުޅުންތެރިންނާ އެކު ވަރަށް މަސައްކަތްކުރާ ހިތްވާ ކަމަށާއި މިއީ އޭނާގެ ކެރިއަރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން އޭނާވަނީ އަޔަކްސްގެ  ކޯޗާއި މެނޭޖްމަންޓާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

ޓޮޓެނަހަމްގެ ކޯޗު ޕޮޗެޓީނޯ ވަނީ ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން އިތުރު ހަތަރު ކުޅުންތެރިން ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

ސަންޗޭޒް ވަނީ އަޔަކްސްއަށް 32 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލްގައި އަޔަކްސްއިން ކުޅުނު އިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި އަޔަކްސްގެ ކުޅުންތެރިންގެ މެދުގައި ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް