ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު، ގ.ދޫވެއްސަށް ވެއްދި ފާއިސާއަކީ ހަލާލު ނޫން ފާއިސާ ކަމަށް އެމަނިކުފާނު އިއުތިރާފްވެވަޑައިގެންފައި ވާއިރު، ރައްޔިތުންގެ ފާއިސާއަށް މިއޮތީ ހިޔާނާތްތެރިވެވަޑައިގެންފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުކުރުމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ފާއިސާ ހަރަދުކުރެއްވި ކަމަށް ވިދާޅުވާއިރު، އަދީބަށް އެވަރުގެ މުއްސަންދިކަމެއް ލިބުނީ ކިހިނެއްތޯވެސް މިއީ ރައީސް ޔާމިން ބައްލަވަން ޖެހިވަޑައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވައިގެން އަދީބު ފައިސާ ހޯއްދެވި ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށްވާ ނަމަ އެއީ އެމަނިކުފާނުގެ ވެއްޓުމެއް ކަމަށާއި ކޮންމެ ދިމާލަކުން ބެލި ކަމުގައިވީ ނަމަވެސް ރައީސް ޔާމިންގެ ހުރި ނަގާބިލްކަން ހާމަވެގެންދާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރައީސް ޔާމިންގެ ގެކޮޅަށް ހަލާލު ނޫން ފާއިސާ ވެއްދި ކަމަށް ވިދާޅުވާއިރު ހަމަބުއްދި ހުރި ޒިންމާދާރު އެއްވެސް މަޤާމެއްގައި ހުންނަ މީހަކު މިއީ ދައްކަންޖެހޭ ވަރުގެ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.އެދެއްކެވި ވާހަކަތަކަކީ ރައްޔިތުން ވަރަށް ކަންބޮޑުވެ އެމަނިކުފާނުގެ ބުއްދީގެ ހާލަތާއި މެދުވެސް ސުވާލު އުފެދޭ ވަރުގެ ވާހަކަފުޅެއް ކަމަށާއި އެވިދާޅުވާ ފާއިސާއެއް ހަރަދުކޮށްގެން ހޮވިވަޑައިގެންފައި ތިއްބެވީ ކޮންމެ މެމްބަރުންތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަކީ ރައީސް ޔާމިންގެ ޒިންމާއެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.