ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 21:07
ޖޯން ޓިނިސްވުޑް 2024 ވަަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި
ޖޯން ޓިނިސްވުޑް 2024 ވަަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި
ރޮއިޓާސް
އެންމެ ދުވަސްވީ މީހާ
ދުނިޔޭގެ އުމުުރުން އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ
2024 ވަނަ އަހަރުގެ އޭޕްރިލް މަހު، ގިނިސް ބުކް އޮފް ރެކޯޑްސްއިން އޭނާ ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގައި ފާހަގަކޮށްފައެވެ.

ދުނިޔޭގައި މިހާތަނަށް ދިރިހުރި އެންމެ ދުވަސްވީ ފިރިހެން މީހާ އުމުރުން 112 އަހަރުގައި މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޖޯން އަލްފްރެޑް ޓިނިސްވުޑް މަރުވީ ހޯމަ ދުވަހު އޭނާ ދިރިއުޅެމުން އައި އިނގިރޭސިވިލާތުގެ ސައުތްޕޯޓްގެ ނަރސިންގ ހޯމްގައެވެ.

މުޅި އުމުރު ލިވަރޕޫލް ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރި ޓިނިސްވުޑް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ މަޤާމު ހޯދީ، މިއަހަރުގެ އޭޕްރީލް މަހު، އުމުރުން 114 އަހަރުގައި ހުއާން ވިސެންޓެ ޕެރެޒް މޯރާ މަރުވުމާ ގުޅިގެންނެވެ.

ޓައިޓެނިކް އުޅަނދު ފެތުނު އަހަރު ކަމުގައިވާ 26 އޯގަސްޓް 1912 ގައި އުފަންވި ޓިނިސްވުޑް، 2020 ވަނަ އަހަރު ވަނީ އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ ފިރިހެނާގެ މަޤާމު ހޯދާފައެވެ.

2024 ވަނަ އަހަރުގެ އޭޕްރިލް މަހު، ގިނިސް ބުކް އޮފް ރެކޯޑްސްއިން އޭނާ ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގައި ފާހަގަކޮށްފައެވެ.

ޓިނިސްވުޑް ޒަވާޖީ ގޮތުން ގުޅުނު ބްލޮޑްވެން އާ ބައްދަލުވީ ލިވަރޕޫލްގައި ބޭއްވުނު ނެށުމުގެ ހަފްލާއެއްގައެވެ. އަދި އެ ދެމަފިރިން ކައިވެނިކުރީ 1942 ގައެވެ.

އަދި އެ ދެމަފިރިން 44 އަހަރު އެކުގައި ހޭދަކުރި ފަހުން 1986 ގައި ޓިނިސްވުޑްގެ އަނބިމީހާ މަރުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު، އޭނާ މަސައްކަތްކުރީ ރޯޔަލް މެއިލްގައެވެ. އަދި އޭގެ ފަހުން، ޝެލް އަދި ބީޕީގައި އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު 1972 ގައި ރިޓަޔަރ ކުރިއެވެ.

- ކޮމެންޓް